ބޮލީވުޑް ފިލްމުތަކުގެ ކޮމެޑީ ރޯލަށް އެންމެ ފައްކާ އެއް އެކްޓަރު އަރުޝަދު ވަރްޝީ، ފިލްމު ”ބައްޗަން ޕާންޑޭ“ގައި އަކްޝޭ ކުމާރާއެކު ފެނިގެންދާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ބުނެފިއެވެ.
އެކްޝަން ކޮމެޑީ މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ އެކްޓަރަކަށް ވާހިތުން އުޅޭ ގޭންގް ސްޓާރެއްގެ ރޯލުންނެވެ. މަޝްހޫރު ކޮމެޑީ ފިލްމު ”މުންނާ ބާއީ“ އަދި ”ގޯލް މާލް“ގައި މަޖާ އެކްޓިންއެއް ދެއްކި އަރުޝަދު ވަރްޝީ ހަރަކާތްތެރިވާނީ އަކްޝޭގެ ރައްޓެއްސެއްގެ ގޮތުގައެވެ.
މި ފިލްމުގައި ކްރިތީ ސަނޯން ފެންނާނީ ޑައިރެކްޓަކަށް ވުމަށް ހުވަފެން ދެކެމުން އަންނަ ނޫސްވެރިއެއްގެ ރޯލުންނެވެ.
”ފިލްމުގެ ޑައިރެކްޓަރު ބަލަމުން ދިޔައީ އަކްޝޭގެ މަޖާކަމާ އެންމެ ގުޅޭނީ ކޮން އެކްޓަރެއްތޯ، އެގޮތުން އަތްފުނާއަޅައި ބެލިއިރު އެއަށް އެންމެ ފިޓީ އަރުޝަދު.“ އަރުޝަދު ނެގިގޮތް ހާމަކުރަމުން ޑައިރެކްޓަރު ބުންޏެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ”ހައުސްފުލް 4″ގެ ޑައިރެކްޓަރު ފަރްހަދު ސަމްޖީ އެވެ.
ސާާޖިދު ނާޑިޔާވާލާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހު، ޖައިސަލްމާރް ގައެވެ. މާރިޗް މަހަށް ޝޫޓިން ނިންމުމަށް ވެސް ތާވަލްކޮށްފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




