ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާޖަލްގެ “ޓްރިބަންގާ” ގެ ޓްރެއިލާ ބަލައިފިންތަ؟

ކާޖަލްގެ ކުރިއަށް އޮތް ފިލްމު “ޓްރިބަންގާ”ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ފިލްމުގައި ކާޖަލް ކުޅެނީ އޮޑިއްސީ ނެށުންތެރިއެއް އަދި އެކްޓްރެސް އެއްގެ ގޮތުގައި ‘އަނޫ’ގެ ކެރެކްޓަރ އިންނެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ރޭނޫކާ ޝަހާނޭ އެވެ.

ފިލްމުގެ ޓްރެއިލާއިން ފެނިގެންދާ ކަންތައްތަކުން ދޭހަވެގެން ދަނީ އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާ ނޫންކަމަށެވެ.

ފިލްމު “ޓްރިބަންގާ” ގައި ދައްކައިދޭނީ އާއިލާއެއްގެ ތިން ޖީލެއްގެ ވާހަކަ އެވެ. އެގޮތުން އަށްޑިހައިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އެ އާއިލާތެރޭ ދިމާވާ ކަންތައްތައް މި ފިލްމުގެ ޒަރިއްޔާއިން ފެނިގެންދާނެއެވެ. އެގޮތުން، އާއިލާ އަކީ ކިހާ މުހިއްމު ބައެއްކަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ކާޖަލް އާއެކު ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރު ލީޑު ރޯލު ކުޅޭ ފިލްމު “ޓްރިބަންގާ” ރިލީޒްކުރާނީ މިމަހު 15ގައި ނެޓްފްލިކްސްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top