ބައްތިރީސް ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީން ބޭއްވި ސަމާސާ ޅެން ހެދުމުގެ މުބާރާތުން ފަޚުރުވެރި އެއްވަނަ އަޙްމަދު ޝާޒް (ތަޖޫ) އަށް ލިބިއްޖެއެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަބާގައި ރޭ ބެއްވި ޚާއްޞަ ޖަލްސާގައި ޝާޒަށް ހަނދާނީ ފިލައާއި އިނާމު ހަވާލުކޮށްދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ( ނ.ޢ.ޢ.ވ ) ޝަރަފު ލިބިއްލައްވާފައިވާ ޢަބްދުއްރަޝީދު ޙުސައިން އެވެ.
މަޝްހޫރު ކޮމީޑިއަން ޝާޒަށް ސަމާސާ އަދަބުގެ ޅެން ހެދުމުން އެއްވަނަ ލިބުމުން ބުނީ އަދަބީ ފަންނުން އޭނާއަށް ލިބޭ ކޮންމެ ކާމިޔާބީއަކާ އެކު ޝާޒްގެ އެދުރު މީހާ، އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރުގެ ނަންފުޅު ޝުކުރުވެރިކަމާއެކު ފާހަގަކުރަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އަދަބީ މަސައްކަތުގައި އެންމެ ބޮޑަށް ޝާޒަށް ފަންނީ ލަފާ ދެއްވާ އާދަމް ނަޞީރު އިބްރާހިމަށްވެސް ޝާޒް ޝުކުރުއަދާކޮށްފައި ވެއެވެ.
32ވަނަ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ސަމާސާ ޅެން ހެދުމުގެ މުބާރާތުގެ މަގުސަދަކީ ސަމާސާއަދަބުގެ އިހުސާސުގައި ޅެން ހަދަން ޝައުގު އުފެއްދުމާއި އަދަބިއްޔާތުގެ ފަށުވި ފަންނަން ހޭލުންތެރި ޖީލެއް އުފެއްދުމެވެ. މި މުބާރާތުގައި ޅެންތައް ހަދާފައިވަނީ އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް ވިސްނުންތައް އިސްކޮށް، ކޮރޯނާގެ ހިތްދަތި އަސަރުތަކުން އުންމަތަށް ގެނުވި މާޔޫސްކަމާއި ކަންބޮޑުވުންތަކާއި ނާއުންމީދުތައް، ޅެންވެރީންގެ އުފެއްދުންތަކުން ފިލުވައި އުންމީދުތައް އައުކޮށް ދޭ ފަދަ އުފާވެރި ޅެންތަކެއް ވުޖޫދުކުރުވުމަށެވެ. މީގެ އިތުރުން އައު ރޫހެއްގައި ގައުމައިގެން ކުރިއަށް ދާން ހިތްވަރު އައު ކޮށްދީ އައު ދިރުމެއް ދޭނޭ ގޮތެއްގައި ދިވެހި އުންމަތް ތެދުވާން އިއްވާނެ ނިދާތައް ސަމާސާއަދަބުގެ ތެރެއިން މުޖުތަމަޢަށް ފޯރުކޮށް ދިނުމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ތަޖޫބޭވަރެއް ހަމަނެތޭ ދަންނަވާނީ