ބޮވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ ”ތޭންކް ގޯޑް“ގެ ޝޫޓިންގ މުމްބާއީގައި ފަށައިފިއެވެ.
މިއަދު ހެނދުނު އަޖޭގެ ޓުވިޓާގައި ފިލްމު އުފެއްދުންތެރިންނާއި އޭނަގެ ކޯ-ސްޓާރ ސިދާތު މަލޯޓްރާގެ ފޮޓޯއެއް ހިއްސާކުރަމުން ޝޫޓިންގ ފެށިކަން އިޢުލާނުކޮށްފައިވެއެވެ.
މި ފިލްމުގެ މާގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައި ނުވާއިރު އަޖޭއާއި ސިދާތުގެ އިތުރުން މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ރަކުލް ޕްރީތު ސިންގއެވެ. މި ފިލްމުގެ ކުރިން ރަކުލް ވަނީ ސިދާތާއެކު ”އައްޔާރީ (2018)“ އަދި ”މަރްޖާވާން (2019)“ ގައި ހަރަކާތްތެރިވެފައެވެ. އަދި އަޖޭއާއެކު ”ދޭ ދޭ ޕިޔާރް ދޭ (2019)“ އަދި މިހާރުވެސް ޝޫޓިންގ ކުރިއަށްދާ ”މޭޑޭ“ ގައި ހަރަކާތްތެރިވެއެވެ. މިއީ އަޖޭއާއި ސިދާތު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
ފިލްމާއި ބެހޭގޮތުން ފިލްމުގެ ޑައިރެކްޓަރ ބުނެފައިވަނީ މިއީ ވަރަށް ޝައުޤުވެރި އަދި މުނިފޫހިފިލުވައިދޭނެ ފިލްމެއްކަމަށެވެ. އަޖޭއާއެކު ކުރިންވެސް މަސައްކަތްކޮށްފައި ވާނެކަމަށާއި އޭނާއަކީ މި ޖޯންރާގެ ފިލްމުތަކަށް ވަރަށް ފިޓުވާ އެކްޓަރެއް ކަމަށެވެ. އަދި މި ފިލްމާއެކު ރަކުލްއާއި ސިދާތުގެ ފޭނުންނަށް އެމީހުންގެ ފަރާތުން އާ އެއްޗެއް ފެނިގެން ދާނެކަމަށެވެ.
މި ފިލްމު ޑައިރެކްޓް ކުރަނީ ”ދިލް (1990)“، ”ރާޖާ (1995)“، ”އިޝްޤް (1997)“، ”މަން (1999)“ އަދި ”އާޝިޤް (2001) ފަދަ ރީތި ފިލްމުތަކެއް އުފައްދާފައިވާ އިންދުރަ ކުމާރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




