ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޫރްޔަވަންޝީ ރިލީޒްކުރަނީ 02 އޭޕްރީލްގަައި

ސިނަމާތައް ފުލް ކެޕޭސިޓީގައި ހުޅުވައިލަން ހުއްދަދިނުމާއެކު އަކްޝޭ ކުމާރުގެ “ސޫރްޔަވަންޝީ” ރިލީޒްކުރާނެ ތާރީޚް އިޢުލާނުކޮށްފިއެވެ. ރޯހިތު ޝެޓީ ޑައިރެކްޓުކުރާ ފިލްމު “ސޫރްޔަވަންޝީ” ރިލީޒްކުރާނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެވެ.

ފިލްމު “ސޫރްޔަވަންޝީ” ރިލީޒްކުރާ ތާާރީޚް ރަސްމީކޮށް އިޢުލާނުކޮށްފައި ނުވިޔަސް، ސިނަމާ އޯނަރުންނާއި އެކު ރޯހިތު ދަނީ ފިލްމު އެޅުވުމުގެ މަޝްވަރާތައް ކުރަމުން ކަމަށް ބޮލީވުޑް ހަންގާާމާ ގައި ރިޕޯޓްކޮށްފައި ވެއެވެ.

ލީޑް ރޯލުން އަކްޝޭ ކުމާރު ފެންނާނެ “ސޫރްޔަވަންޝީ” އަޅުވާނެ ތާރީހު ރަސްމީކޮށް އިއުލާން ކުރާނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށް ވެއެވެ. ރޯހިތު ޝެޓީގެ ކޮޕް ސީރީޒްގެ 4 ވަނަ ފިލްމު “ސޫރްޔަވަންޝީ” އިން ރޯހިތުގެ ކޮޕް ޔުނިވާސްގެ ދެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އާއި ރަންވީރު ސިންގް ވެސް ފެންނާނެ އެވެ.

“ސޫރްޔަވަންޝީ”ގެ މުހިންމު ރޯލުތަކުން އަކްޝޭގެ އިތުރުން ކެޓްރީނާ ކެއިފް، ޖެކީ ޝްރޯފް، ޖާވީދު ޖޭފްރީ އަދި ސިކަންދަރު ކޭރް ވެސް ފެންނާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top