ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަދޫރީ އާއި އާމިރުގެ “ދިލް”ގެ ރީމޭކެއް!

1990 ވަނަ އަހަރު ރިލީޒްކުރި ސުޕަހިޓް ލޯބީގެ ފިލްމު “ދިލް”ގެ ރީމޭކެއް ގެންނަން ބޮލީވުޑުން ތައްޔާާރުވެއްޖެއެވެ. މި ފިލްމު ޑައިރެކްޓްކުރާނީ މަޝްހޫރު ޑައިރެކްޓަރ އިންދްރަ ކުމާރު އެވެ.

ބޮލީވުޑްގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނީ ތިން ފިލްމެއް ހެދުމަށް ބުޝަން ކުމާރާާއެކު އިންދްރަ ކުމާރު ސޮއިކޮށްފައިވާ ކަމަށެވެ.

މިވަގުތު، ފިލްމު “ތޭންކް ގޯޑް”ގެ މަސައްކަތްތައް ކުރަމުން އަންނަ އިންދްރަ ކުމާރުގެ މަސައްކަތްްތައް ބަރާބަރަށް ކުރިއަށް ދާނަމަ، އާމިރު ޚާން އާއި މާދޫރީ ޑިކްސިޓް ކުޅެފައިވާ ފިލްމު “ދިލް”ގެ މަސައްކަތް އޭނާ ފަށާނެއެވެ. އެގޮތުން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފިލްމުގެ ވާހަކަ ޒަމާނާއެއްގޮތަށް ބަދަލުކޮށްލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިތްގައިމު ރީތި ލަވަތަކެއް ހިމެނޭ ލޯބީގެ ވަރުގަދަ ފިލްމު “ދިލް” މީގެ ކުރިންވެސް ޑައިރެކްޓްކުރީ އިންދްރަ ކުމާރުއެވެ. ސްކްރީންޕްލޭ ލިޔުނީ ނައުޝިރު ޚަތާޢު އާއި ކަމްލޭޝް ޕާންޑޭ އެވެ.

ފިލްމު “ދިލް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top