ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހިންދީ ޑްރާމާ ސިލްސިލާ، “ޔޭ ހޭ މޮހޮއްބަތޭން”ގެ ނެގެޓިވް ރޯލު ކުޅުނު އެކްޓްރެސް، އަނީތާ ހަސަނަންދަނީ އާއި ރޯހިތު ރެޑީއަށް ފިރިހެން ދަރިއެއް ލިބިއްޖެއެވެ.
މި ޖޯޑަށް ދަރިއެއް ލިބެން އުޅޭކަން އާއްމުކުރުމުން އަނީތާގެ ސަޕޯޓަރުން އުފަލުން ފޮޅިފައި ތިއްބާ މިވަނީ އެމީހުންގެ އިންތިޒާރަށް ނިމުން އައިސްފައެވެ. ކޮވިޑް-19 ފެށުނު ފަހުން އަނީތާއާއި ރޯހިތު ދިރިއުޅެމުން އައީ ވަރަށް ބޮޑަށް ބަލައިގެންނެވެ.
ބާލަޖީގެ މަޝްހޫރު ސީރީޒް ނާގިން އިންވެސްް މޮޅު އެކްޓިންއެއް ދައްކާފައިވާ އަނީތާ ހަސަނަންދަނީ އަށް ދަރިއެއް ލިބުނުކަން ހާމަކުރުމާއެކު، މީސް މީޑިއާ މެދުވެރިކޮށް އަނީީތާ ހަސަންނަދަނީ އާއި ރޯހިތުގެ ސަޕޯޓަރުުންނާ ރައްޓެހިން އަދި ތިމާގެ މީހުން، އެމީހުންނަށް މަރުހަބާގެ މެސެޖްތައް ފޮނުވަން ފަށާފައިވެއެވެ.
ހިންދީ އަދި ތަމަޅަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އަނީތާ އެންމެ ފުރަތަމަ އާއްމުންނަށް ފެނިގެންދިޔައީ މެޓްރޯ ގޯލްޑް ޗެނަލް އިން 2001 ވަނަ އަހަރު ދެއްކި ޓީވީ ސީރީސް، “ކަބީ ސޯތަން ކަބީ ސަހޭލީ” އިންނެވެ. އަނީތާ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ “ޔޭ ހޭ މޮހޮއްބަތޭން”ގައި އޭނާ ކުޅެފައިވާ ޝަގޫން އަރޯރާގެ ރޯލުންނެވެ.
