ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށާއި ކޮންމެ މީހަކު ވެސް ނަމާދަށާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް ދާއިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން ދިއުމަށް މިއަދުގެ ހުކުރު ޚުޠުބާގަައި ތަކުރާރުކޮށް ހަނދާންކޮށްދީފައި ވެއެވެ.

މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، ޝަރޫރަތަށްޓަކައި، އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދު ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ފަހުގެ ތާރީޚެއްގައި ކިޔާާފައިވާ އެންމެ ކުރު ހުކުރު ޙުޠުބާގައި ވެއެވެ.

މިއަދު ހުރިހާ އިންސާނުން ތަޙައްމަލު ކުރަމުންދާ ޙާލަތަކީ، ފަހުގެ ތާރީޚެއް ގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ޙާލަތެއް ކަމަށާއި ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށްޓަކައި، ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ ޙާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި އެންމެން ދެމިތިބުމަށް ގޮވާލާފައިވެއެވެ.

މުސްލިމް އަޚުންނޭވެ! ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުމުގެ މަގެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ މާނައީ: “އަދި ﷲ އަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ.”

މުސްލިމް އަޚުންނޭވެ! މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބުތަކުގައި ހިފުމާ އެކު، ﷲ ގެ ރަޙުމަތްފުޅުންނެވެ. މާޟީ ގައި، ﷲ ގެ ކިޔުންނާއި، ރަސޫލުންނަށް ވެސް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވިއެވެ. ނަމަވެސް އެ ބޭބޭކަލުން ﷲ ގެ ރަޙްމަތާއި، އޯގާވަންތަކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި، ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވިއެވެ. މުސްލިމް އަޚުންނޭވެ! ދުންޔަވީ ޙަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު، އެތައް ފަސޭހަކަމެއް އަންނާނެކަމަށް ﷲ ވަޢުދުވެވޮޑިގެންފައި ވެއެވެ. މަތީން ހަނދާންކޮށް، ހިތްވަރު އައުކުރާށެވެ! މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. فَإِنَّ مَعَ الْعُسْرِ يُسْرًا، إِنَّ مَعَ الْعُسْرِ يُسْرًا. “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަން ވެއެވެ.” މާތް މުއުމިނުންނާ ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ، އެބައިމީހުންގެ ކުދި ފާފަތަކަށްވާ ކައްފާރާއެކެވެ. ރަސޫލު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “މުސްލިމަކަށް ބަލިމަޑުކަމަކުން ނުވަތަ އެ ފަދަ އެހެން ކަމަކުން ވިޔަސް ވޭނެއް ކުރިމަތި ވެއްޖެނަމަ، ގަހަކުން ފަތްވެރޭފަދައިން އޭނާގެ ކުށްފާފަތައް ފުއްސަވައިދެއްވައެވެ.”

މިއަދުގެ ހުކުރު ޚުޠުބާގައި ހިމެނެނީ އެންމެ ހަތަރު ޞަފުޙާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.