މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ސްޓޫޑިއޯ، ’އެސް ޕްރޮޑަކްޝަންސް’ގެ އޯޑިއޯ ލަވަތައް އެހުންތެރިންނާ ހަމައަށް އެއްތަނަކުން ގެނެސްދިނުމަށްޓަކައި ސައުންޑްކްލައުޑް ޗެނަލެއް އުފައްދައި އާއްމުކޮށްފިއެވެ.
’ސައުންޑްކްލައުޑް އެސް ޕްރޮޑަކްޝަންސް’ގައި މިހާތަނަށް އެ ޕްރޮޑަކްޝަންގެ 15 ލައެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ލަވަ އާއި ސިންގަޅަ-ދިވެހި މިކްސް ލަވަ ވެސް ހިމެނެއެވެ.
’ސައުންޑްކްލައުޑް އެސް ޕްރޮޑަކްޝަންސް’ގައި އެ ޕްރޮޑަކްޝަނުން އުފައްދާ ފިލްމުތަކުގެ ލަވަތަކާއި ވަކިން އުފައްދާ ލަވަތައްވެސް ހިމަނާނެކަމަށް ޢަލީ ސީޒަން ބުނެއެވެ. އެގޮތުން އެސް ޕްރޮޑަކްޝަންގެ ފިލްމު ”ލޯބިވެވިއްޖެ“ގެ ލަވަތައް ވެސް ކުރިއަށް އޮތް ތަނުގައި ހިމަނާނެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ އަކީ އެސް ޕްރޮޑަކްޝަން އިން އުފައްދައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ވަރުގަދަ ލޯބީގެ ފިލްމެކެވެ.
”ލޯބިވެވިއްޖެ“”ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، ރިޝްފާ، ފުބޫ،އަހްމަދު އީސާ (އާނަންދު)، ނިމާލްގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.
ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




