”ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިޔުޒިކް އެންޑް ވާރކްޝޮޕް 2021“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިއްޔެ އާއްމުކޮށްފައިވާ އާއްމު މައުލޫމާތެއްގައި ބުނީ ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން 10 އޭޕްރީލް 2021 ވަނަ ދުވަހު ބޫޓާންގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިޔުޒިކް އެންޑް ވާރކްޝޮޕް 2021“ ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
”ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިޔުޒިކް އެންޑް ވާރކްޝޮޕް 2021“ އަކީ 2 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ ފެސްޓިވަލެއް ކަމަށާއި ”ޕްރީ ރެކޯޑަޑް ޕާރފޯމަންސް“ ސެގްމަންޓްގައި ގިނަވެގެން 6 ފަންނާނަކަށް އަދި އޮންލައިން ވާރކްޝޮޕްގައި ގިނަވެގެން 10 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެންސީއޭއަށް އެޕްލިކޭޝަން ފޯމް ހުށައަޅަން ޖެހެއެވެ.
ފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެންސީއޭގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެންސީއޭއިން ބުނެއެވެ.
ފެސްޓިވަލްގެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




