މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަނުން މިމަހު 08 ގައިި ރިލީޒްކުރަން ހަމަޖެހިފައިވާ ވަރުގަދަ ސިޔާސީ ފިލްމު “މަރްޔަމް“ގެ މިއުޒިކް އައުޓް ވީޑިއޯ ނެރެފިއެވެ. ފިލްމުގެ މުހިންމު މަންޒަރުތަކެއް ފެނިގެންދާ މި ވީޑިއޯއަކީ “މަރްޔަމް“ގެެ އޯޑިއޯ އަލްބަމް، ބޭރުގެ ގިނަ ޕްލެޓްފޯމުތަކެއްގައި ނެރެފައިވާކަން ހާމަކުރުމަށް ރިލީޒްކުރި ލަވައެކެވެ.

ކަނޑިފަރު ދާއިރާއަށް ބަދަލެއް ގެނައުމަށް ނުކުމެ ހުރި “މަރްޔަމް” އާއި އެ ދާއިރާގެ މެންބަރުކަން މިހާާރުވެސް ކުރައްވަމުން ގެންދަވާ އަދުނާން ހަލީމްގެ ފޯރިގަދަ ކެމްޕޭނު ހަރަކާާތްތަކާއި ކުރިމަތިލުންތައް އަދި އިންތިޚާބުގެ ނަތީޖާ ފެނިގެންދާނެ މި ފިލްމުގެ މިއުޒިކް އަލްބަމް ވަނީ ބޭރުގެ މަޝްހޫރު ޕްލެޓްފޯމުތައް ކަމަށްވާ އެޕަލް މިއުޒިކް، ސްޕޮޓިފައި، ޔޫޓިއުބް މިއުޒިކް، އެމެޒޯން މިއުޒިކް، ޓައިޑަލް، ޓިކްޓޮކް، ޖިއޯ ސާވަން، ޑީޒަރ އަދި ހަންގާމާ މެދުވެރިކޮށް ނެރެފައެވެ.

އޮރިޖިނަލް މިއުޒިކް އަދި ލިރިކްސް ހިމެނޭ ”މަރްޔަމް”ގެ ދެ ލަވައިގެ ޅެން ލިޔެ ކިޔާފައިވަނީ މަޝްހޫރު ޕްރެޒެންޓަރ ނަސްމާ ޢަބްދުލް މުޙްސިން އެވެ. ރާގު ހެދީވެސް ޚުދު ނަސްމާ އެވެ. މި ދެލަވަ ވެސް ނަސްމާ ހުށައަޅައިދީފައިވަނީ ވަރަށް ފުރިހަމައަށެވެ. މި އަލްބަމްގައި ހިމެނޭ އޮޖިނަލް މޯޝަން ޕިކްޗަރ ސައުންޑް ޓްރެކަކީ ”އުއްމީދު“ އަދި ”ހުވަފެން“ އެވެ.

މަރްޔަމް“ އަކީ އެއްކާފު ޕްރޮޑަކްޝަން އާއި އޯކޭޒް އިންކް އިން އުފައްދާ ފިލްމެކެވެ. އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށް ކެމެރާކުރީ އިބްރާހިމް ވިސާން (ކަނޑި) އެވެ.

މަރަޔްމަ މަޖުދާ އާއި އަޙްމަދު ސަޢީދުގެ އިތުރުން މުހިންމު ރޯލުތަކަކުން ޢަލީ ޢާޒިމް، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ފެނިގެންދާނެއެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

މަރްޔަމް“ ރަސްމީ ސައުންޑް ޓްރެކް ނެރުނީ މިމަހު 01ވަނަ ދުވަހުއެވެ.

އެޕަލް މިއުޒިކް: https://apple.co/2PJz9Mb​​
ސްޕޮޓިފައި: https://spoti.fi/3fsIjYl​​
އެމެޒޯން މިއުޒިކް: https://amzn.to/3cFnZ41​​
ޓިކްޓޮކް: https://bit.ly/3dgPKPq​
ޔޫޓިއުބް މިއުޒިކް: https://music.youtube.com/playlist?li…​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.