ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކްލަބްހައުސް އަށް ޕްރައިވެޓް މެސެޖިން ފީޗާ ގެންނަނީ

ކްލަބްހައުސް އަށް ޕްރައިވެޓް މެސެޖިން ފީޗާ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެތަނުން ހާމަކޮށްފިއެވެ.

ކްލަބްހައުސް ކޮޕީކޮށްގެން ފޭސްބްކް އަދި ސްޕޮޓިފައި އިން އޯޑިއޯ ބޭނުންކޮށްގެން ޗެޓްކުރެވޭނެ ގޮތް ހަދާފައިވާއިރު، މިހާރު ދުނިޔޭގައި އެންމެ މަޤްބޫލު ކްލަބްހައުސް އިން ތިބީ އެންމެ ތަންފުކެއްވެސް ފަހަތުގައި ތިބެން ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.

ކްލަބްހައުސް އިން ނެރެން ތައްޔާރުވަމުން އަންނަ ޕްރައިވެޓް ޗެޓް ފީޗާ އެމީހުންނަށް ނޭނގި އޮޅުމެއްގެ ތެރެއިން ލީކްވި ވަގުތު ބަޔަކު ނެގި ވީޑިއޯއެއްވެސް މިދިޔަ ހަފުތާގައި އާއްމުވެފައިވެއެވެ. ކްލަބްހައުސްގެ ޕްރައިވެޓް މެސެޖިން ފީޗާއަށް ދީފައިވާ ނަމަކީ ‘ބެކްޗެނަލް’ އެވެ.

‘ދަ ވާރޖް’ގައި ހާމަކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ބެކްޗެނަލް އަކީ އޯޑިއޯގެ ބަދަލުގައި ލިޔެގެން ޗެޓްކުރެވޭ ފީޗާއެކެވެ.

ސްޕޮޓިފައި އިން ކްލަބްހައުސް ނަކަލުކޮށްގެން ތައްޔާރުކޮށްފައިވަނީ ‘ގްރީންރޫމް’ އެވެ. މިއީ ސްޕޮޓިފައި އާއި ވަކިން ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ޑައުންލޯޑްކޮށް، ޔޫސަރ ޕްރޮފައިލް އެއް ތައްޔާރުކޮށް ވޮއިސް ޗެޓް ކުރެވޭނެއެވެ.

ގްރީންރޫމް އާގުޅޭ ޚަބަރެއް، ސްޕޮޓިފައި ”ގްރީންރޫމް“ – ކްލަބްހައުސް އަށް ދިން ރައްދެއް! ގެ ނަމުގައި މުނިއަވަސް އިން ވާނީ ގެނެސްދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top