ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާރލް ފްރެންޑްސް – އޯގަސްޓް 12 ގައި

މީޑިއާނެޓް އޮރިޖިނަލްސް ވެބް ސީރީޒް ”ގާރލް ފްރެންޑްސް“މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުން 12 އޯގަސްޓް 2021 ން ފެށިގެން ސްޓްރީމްކުރަން ފަށާނެއެވެ.

ކްރައިމް ތްރިލާ ”ގާރލް ފްރެންޑްސް“ ގައި ދައްކައިދޭނީ މާލޭގެ ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކުގައި ދިރިއުޅެމުން އަންނަ ތިން އަންހެން ކުދިންގެ ދިރިއުޅުމަށް ކުރިމަތިވާ ކަންތަކެކެވެ.

”ގާރލް ފްރެންޑްސް“ގެ ލީޑް ތަރިންގެ ތެރޭގައި ޢާއިޝާ ޢަލީ، މައިހާ، ޢާއިޝަތު ލަހުފާ (ލަހޫ) ގެ އިތުރުން އަޙްމަދު ޝާރިފް ފެނިގެންދާނެ އެވެ.

ވެބް ސީރީޒް ”ގާރލް ފްރެންޑްސް“ގެ ފަހަތުގައި ތިބީ ވަރުގަދަ ޓީމެކެވެ. މީގެ ކޮންސެޕްޓް އަދި އާޓް ޑައިރެކްޝަން ހެދީ ތިއޭޓަރ އާޓްސް އާއި އެކްޓިން ކިޔަވައިގެން ހުރި ހުނަރުވެރި ފަންނާނު މުޙައްމަދު މުންތަސިރު (މުންކޮ) އެވެ. ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. ކެމެރާކޮށް ޑައިރެކްޓްކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top