ދީނީ ސުވާލެއް އޮތީތަ؟
ބޮލީވުޑް
ޕަވަންދީޕް ލަވަ ކިޔައިދޭން އެންމެ ބޭނުމީ ކޮން އެކްޓަރަކަށް؟

އިންޑިއަން އައިޑޯލް 12 ކާމިޔާބުކުރި ޕަވަންދީޕް ރަޖަންއަކީ ބޮލީވުޑްގައިވެސް ވިދައިލާނެ ލަވަކިޔުންތެރިއެއް ކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައެވެ. ސަބަބަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްއަށް ލަވަކިޔަން ފުރުސަތު ލިބިފައިވާތީއެވެ.

ޕަވަންދީޕް ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ދާން ނިންމާފައިވާއިރު އޭނާ ދެކޭ ހުވަފެންތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ އެ ބަޔަކަށް ލަވަކިޔައިދޭން ބޭނުންވާ ބަޔަކު އެބަތިއްބެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އޭ.އާރް ރަހްމާންއާއި ޕްރިތަމް އަދި އެކްޓަރ ސަލްމާން ޚާންއަށް ލަވައެއް ކިޔައިލަން ފުރުސަތު ލިބިއްޖެނަމަ އެއީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ޙަޤީޤަތަކަށް ވުމެވެ.

ގާތްގަނޑަކަށް 9 މަސްދުވަހަށް ދިގު ދެމިގެން ދިޔަ އިންޑިއަން އައިޑޯލްގެ 12 ވަނަ ސީޒަން ޕަވަންދީޕް ކާމިޔާބުކޮށްފައިވަނީ އަރުނިތާ ކަންޖީލާލް، ސަޔާލީ ކަމްބްލޭ، މުޙައްމަދު ދާނިޝް، ނިހާލް ތުއާރޯ އަދި ޝަންމުކަޕްރިޔާއާއި ވާދަކޮށްގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top