ކުރީގެ މަޝްހޫރު އެކްޓްރެސް ޢާއިޝަތު ޝިރާނީ، ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ (ރިފޫ) އަދި ހުނަރުވެރި ނެށުންތެރިޔާ، އެކްޓަރ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) މުުނިއަވަސް ކްލަބްހައުސް އާއި ގުޅިއްޖެ އެވެ. މުނިއަވަސްގެ ޕްރޮގްރާމުތަކުގައި މި ތިން ފަންނާނުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ މުުނިއަވަސް ކްލަބްހައުސް ރަސްމީކޮށް އިފްތިތާހުކުރުމަށް މިމަހު 01 ވަަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މުުނިއަވަސް ކްލަބްހައުސް އާ ޝިރާނީ ގުޅުނީ ކީއްވެގެންތޯ އަހައިލުމުން ބުނީ މުނިއަވަސް އަކީ އެއްވެސް ވަރަކަށް ސިޔާސީ ވާހަކަތައް ނުދައްކާ އޮންލައިން ނޫހަކަށް ވުމާއި މީހުންގެ ޒާތީ ވާހަތައް ދެއްކުން ނެތުމާ ރާވާލައިގެން ޕްރޮފެޝަނަލް ގޮތެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމުތަކެއް ގެނެސްދެމުން އަންނަކަން ފާހަގަކުރެވުމުން ކަމަށެވެ.

“ރިފޫ މުނިއަވަސް އާ ގުޅުނީ ގާތް ރައްޓެއްސެއް ބުނެގެންނާއި އިންތިޒާމު ކޮށްގެން މުޖުތަމަޢަށް ފައިދާހުރި ރޭޑިއޯ ޕްރޮގްރާމްތަކެއްގެ ސިފައިގައި މުނިއަވަސް އިން ޕްރޮގްރާމް ތަކެއް ގެނެސްދެމުން އަންނާތީ.” ރިފޫ ވެސް މުނިއަވަސް އާ ގުޅުނު މައިގަނޑު ސަބަބު ހިއްސާކުރަމުން ބުންޏެވެ.

“މުނިއަވަސް އާ އައްޔަ ގުޅުނީ މުނިއަވަސްގެ މެނޭޖްމެންޓްގެ ފަރާތުން އަޙްމަދު ދިން ދަޢުވަތެއް. އޭރުގަ އެކަމަކު އެހާ ބޮޑަކަށް ސީރިއަސްއެއް ނޫން، ޕްރޮގްރާމުތައް ހުށައަޅަން އަޙްމަދުގެ ވާހަކަތައް ގެނައިގޮތުން. އެހެން ނަމަވެސް ފަހުން މީތި ރީބްރޭންޑް ވެގެން މި ހަފުތާ ތެރޭގަ ލޯންޗުކުރެވުނު އެކިއެކި ތަފާތު ޕްރޮގްރާމުތަކާ އެކީގަ. މުނިއަވަސްގެ ޓީމުން އަމާޒު ހިފާފައިވަނީ މުނިއަވަސްގެ ފޭނުންނަށް ރަނގަޅު ފެންވަރެއްގައި ޕްރޮގްރާމުތަކެއް ގެނެސްދިނުންކަން އެނގުނު ހިސާބުން އިންޓަރެސްޓް އުފެދުނު މުނިއަވަސްއާ އެކީގަ ވޯރކް ކުރަން. އެގޮތުން ހަމަ ވަރަށް އެކްސްޕީރިއަންސްޑް ގިނަ ބޭފުޅުންތަކެއް، ކަނބަލުންތަކެއް މީގެ ތެރެއަށް ލައިގެން ކުރާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނާ އަދި އައްޔަވެސް ވަރަށް ކުރާހިތްވާ ކަމަކަށް ވާތީ ގުޅުނީ. އަދި ޚާއްޞަކޮށް މުނިފޫހިފިލުވުމުގެ މިކަހަލަ ކަންކަމަކީ ހަމަ ހަގީގަތުގަވެސް ވަރަށް އިންޓަރެސްޓިން ކަންކަން.” ސްޓެޕް އައްޔަ މުނިއަވަސް އާ ގުޅުނު ސަބަބު ވަރަށް ތަފުސީލުކޮށް ކިޔައިދެމުން ފާހަގަކުރިއެވެ.

އައްޔަ އިތުރަށް ބުނީ ތަނެއްގައި އިނދެގެން ކްލަބްހައުސް އިން ޕްރޮގްރާމެއް ހުށައަޅައިލުމަކީ ވަރަށް ބޮޑަށް ޝައުޤުވެރިކަން ހުރި ކަމެއް ކަމަށާ އެ ފުރުޞަތު އީސާ ސަރ އާ އަދި އަޙްމަދު ދެއްވީތީވެ އަދި މެނޭޖްމެންގެ އެހެން ބޭފުޅެއްވެސް ދެއްވީތީވެ އަޅުގަނޑު އެ ތިން ބޭފުޅުންނަށް ޝުކުރުއަދާކުރަން.” މުނިއަވަސް އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެންޓަޓެއިންމެންޓް ނިއުސް ކަމަށްވެސް އައްޔަ ފާހަގަކުރިއެވެ.

މުުނިއަވަސް ކްލަބްހައުސް ޕްރޮގްރާމު ތަކުން ޝިރާނީ، ރިފޫ އަދި ސްޓެޕް އައްޔަގެ އަޑު މިހާރުވެސް ވަނީ އިވެން ފަށާފައެވެ. އެގޮތުން މުނިއަވަސް އިން މިމަހުގެ 01 ވަނަ ދުވަހު އަލަށް ގެނެސްދޭން ފެށި 🎭 ޑްރާމާ ބާޒީ 🎭 ޝޯގައިވެސް މި ތިން ފަންނާނުންގެ ކުޅަދާނަ ވޮއިސް އެކްޓިން އިވިގެން ދިޔައެވެ. މީގެ އިތުރުން މިހާރު މުނިއަވަސް އިން ރާވާލާފައިވާ ޕްރޮގްރާމު ޝެޑިއުލްގައި ހިމެނޭ ގިނަ ޕްރޮގްރާމުތަކަކުން ޝިރާނީ، ރިފޫ އަދި ސްޓެޕް އައްޔަގެ އަޑު އިވިގެން ދާނެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް އުފައްދާ ބައެއް ޕްރޮގްރާމުތައް އައްޔަ އާއި ރިފޫ ހޯސްޓްކުރާނެއެވެ. މުނިއަވަސްގެ ޚަބަރު ގަޑީގައި ޝިރާނީ ޚަބަރު ކިޔަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް އަވަހަށް ތަމްރީނު ހޯދުމުގެ ސެޝަންތަކެއްގައި ބައިވެރިވާނެއެވެ.

ޝިރާނީ، ރިފޫ އަދި ސްޓެޕް އައްޔަ މުނިއަވަސްގެ ޓީމާއި ގުޅުމަކީ މުުނިއަވަސް ކްލަބްހައުސް އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށް މުނިއަވަސްގެ މެނޭޖްމެންޓުން ދެކޭކަމަށް ހާމަކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް