ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރްޔަންއާއި ކިއާރާ އަދުވާނީއާއި ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާ ”ބޫލް ބުލައްޔާ 2“ އަންނަ އަހަރުގެ މާރޗު މަހު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ. ކުރިން އަންނަ ނޮވެމްބަރު މަހުގެ 19 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމު، ލަސްކުރީ ކީއްވެގެންކަން ހާމަކޮށްފައެއް ނުވެއެވެ.
”ބޫލް ބުލައްޔާ 2“ އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ-ކޮމެޑީ ”ބޫލް ބުލައްޔާ“ ގެ ސީކުއެލްއެކެވެ. މުޅިން އެހެން ކާސްޓަކާއެކު ގެނެސްދޭ ”ބޫލް ބުލައްޔާ 2“ ޑައިރެކްޓްކުރީ ”ޕިޔާރް ތޯ ހޯނާ ހީ ތާ“، ”ދީވާންގީ“، ”ވެލްކަމް“ އަދި ”ސިންގ އިޒް ކިންގ“ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ އަނީސް ބަޒްމީއެވެ.
ކޮމެޑީ ފިލްމުތައް އޭނާގެ ލިސްޓުގައި ގިނަ އަނީސްގެ އެންމެ ފަހުން ފެނުނު ފިލްމަކީ މިދިޔަ އަހަރު ޒީ ސިނަމާއިން ޕްރިމިއާކުރި ފިލްމު ”އިޓްސް މައި ލައިފް“ އެވެ. 2007 ވަނަ އަހަރު ޝޫޓްކުރި މި ފިލްމުގެ މައިގަނޑު ތަރިންނަކީ ހަރްމަން ބަވޭޖާއާއި ޖެނީލިއާ ޑި ސޫޒާއެވެ.
”ބޫލް ބުލައްޔާ 2“ ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކަކީ އެއްކޮށް މަސައްކަތް ނިމިފައިވާ ނެޓްފްލިކްސްގެ ފިލްމު ”ދަމާކާ“ އާއި އެކްތާ ކަޕޫރްގެ ”ފްރެޑީ“ އެވެ. އޭގެ އިތުރުން އެކްތާގެ ”ޝެހެޒާދާ“ އާއި ހަންސަލް މެހެތާގެ ”ކެޕްޓަން އިންޑިއާ“ އަކީވެސް އޭނާގެ ކުރިއަށް ހުރި އަދި ޝޫޓިންގ ނުފަށާ ފިލްމުތަކެވެ.
ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރުން ދަވަންއާއެކު ކުޅޭ ”ޖުގް ޖުގް ޖީޔޯ“ އާއި ”މރ. ލޭލޭ“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




