ޅެންވެރިކަމުގައި ބްރޭންޑް ނަމަކާ އެކު މަޝްހޫރުކަން ހޯދަމުން އަންނަ ރިޓްޒް ލިރިކްސް އިން ނެރޭ މުޅިން އައު ލަވައަކާއެކު ހުނަރުވެރި ލަވަކިޔުންތެރިޔާ ބޮކިޓޯސްގެ ޝޯއެއް މިރޭ މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދޭނެއެވެ.
‘ބޮކިޓޯސް އެންޑް ރިޓްޒް ލިރިކްސް ސްޕެޝަލް ވީވީއައިޕީ’ ޝޯގެ ނަމުގައި މިރޭ 10:30ގައި ގެނެސްދޭ ޚާއްޞަ ޝޯވގައި ބޮކިޓޯސްގެ ގިނަ ލަވަތަކެއް ލައިވްކޮށް އަޑުއިއްވައިލާނެއެވެ.
ރިޓްޒް ލިރިކްސްގެ ‘ލޯބި ހޫރު’ ލަވައިގެ ވީޑިއޯއިން ވެސް ފެނިގެން ގޮސްފައިވާ ބޮކިޓޯސް އަކީ ޓޫސެންސް ބޭންޑްގެ (2Sense Band) ފައުންޑަރ އަދި ލީޑް ވޯކަލިސްޓެވެ. މުޙައްމަދު މައިސާން (ބޮކިޓޯސް) އަކީ ރިޒޯޓް މިއުޒިކް ކުޅުމުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާން ލަވަކިޔުންތެރިއެކެވެ.
ބޮކިޓޯސް އާއި އޭނާގެ ބޭންޑުން ރިޒޯޓް މިއުޒިކްގެ އިތުރުން އާއްމުންނަށް ވެސް ޝޯތައް ދޭން ވަނީ ފަށާފައެވެ. އެގޮތުން ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯގައި އެ ބޭންޑުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ‘ހައިރާން’ އިއްވާލާފައިވަނީ އޯޑިއަންސަށް ބޮޑު ހައިރާންކަމެއް ދެމުންނެވެ.
މިހާތަނަށް ބޮކިޓޯސް ކިޔާފައިވާ ސޯލޯ ލަވަތަކަކީ ކަވަރ ސޯންގްތަކެއް ނަމަވެސް އޭނާގެ އަމިއްލަ ސޯލޯ ލަވަތަކެއް ނެރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބޮކިޓޯސް ބުނެފައިވެއެވެ. އަދި އެ ލަވަތައް ސައުންޑްކްލައުޑް މެދުވެރިކޮށް އެހުންތެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ބޮކިޓޯސް ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!