ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކުރާ ސްކްރީން ރައިޓިންގ ވާރކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ ތަފާތު ސްކްރީން އަދި ޖޮންރާތަކަށް ސްކްރިޕްޓު ލިޔާނެ ލިޔުންތެރިން އުފެއްދުމާއި، ސްކްރީން ރައިޓިންގ ގެ ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި މިކަން ކުރާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ މަޤްސަދުގައި ބާއްވާ ވާރކްޝޮޕެއް ކަމަށް އެންސީއޭއިން ބުނެއެވެ.
އެންސީއޭއިން އިންތިޒާމްކޮށްގެން ބާއްވާ މި ވާރކްޝޮޕަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވާރކްޝޮޕެކެވެ.
މި ވާރކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެންސީއޭގެ އިޢުލާނާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެންސީއޭ އިން އެދެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ނަންބަރު 3313456 ގުޅުމަށްވެސް އެދިފައި ވެއެވެ.
އެންސީއޭގެ އިޢުލާނާއެކު ހިމަނާފައިވާ އެޕްލިކޭޝަން ފޯމު:-
https://docs.google.com/forms/d/1VpdSDUFojTrK7QytU_uEwLML9EP1vhJEixvaJbuuFMc/edit?usp=drivesdk
