ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖޫންދު” ގެ ލީޑުން އަމީތާބް! ޓީޒަރ ވެސް ދައްކާލައިފި

ބޮލީވުޑްގެ ސުޕަރސްޓަރ އަމީތާބް ބައްޗަންގެ ކުރިއަށް ހުރި ފިލްމުތަކުން އެއްމެ އިންތިޒާރުކުރެވޭ ފިލްމު “ޖޫންދު”ގެ ޓީޒަރ ދައްކާލައިފިއެވެ. މި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ވެސް އަމީތާބެވެ.

ފިލްމު “ޖޫންދު” އަކީ ޙަޤީޤީ ދިރިއުޅުމުގެ ހަޔާތުނާމާއެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދޭނީ އިންޑިއާގެ ނާގްޕޫރަށް ނިސްބަތްވާ ‘ސްލަމް ސޮކާ ޖަމްއިއްޔާ’ގެ މުއައްސިސް ވިޖޭ ބަރްސޭގެ ހަޔާތެވެ.

ފަޤީރު އަވަށްގަނޑެއްގައި ދިރިއުޅޭ ކުދިންތަކަކަށް، އެކުދިންގެ ދިރިއުޅުމުގެ މަޤްޞަދު އަންގައިދީ އެކުދިންނަށް ފުޓްބޯޅަ ޓީމެއް އުފައްދައިދިނުމަށް ޕްރޮފެސަރަކު ކުރާ މަސައްކަތްތައް މި ފިލްމުގައި ދައްކައިދޭނެއެވެ. އަމީތާބު ފެނިގެންދާނީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ރޯލުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މި ފިލްމު ނެރުން ލަސްވަމުންގޮސް މިހާރު މިވަނީ ދެއަހަރު ފާއިތުވެފައެވެ. ނަމަވެސް މި ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ވަނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ފިލްމުގެ ޓީޒަރ އާއްމުކޮށްފައިވެއެވެ.

މި ފިލްމަކީ މަރާޓީ ފިލްމު އުފައްދާ ޑައިރެކްޓަރު ނާގްރާޖް މަންޖޫލް، ބޮލީވުޑަށް ނުކުންނަ ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ. ނާގްރާޖް އުފައްދާފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ސައިރާތު (2016)” އަދި “ފަންޑްރޭ (2013)” ފާހަގަކޮށްލެވެއެވެ.

މި ފިލްމަށް މިއުޒިކް ހަދައިދޭނީ އަޖޭ-އަތުލް އެވެ. މި ފިލްމު އޯޓީޓީ މަންސައެއްގައި ރިލީޒްކުރާނެ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ނިންމާފައިވަނީ އަންނަ މާރިޗް މަހު 04 ގައި ސިނަމާތަކަށް މި ފިލްމު ރިލީޒްކުރުމަށެވެ.

ޓީ-ސީރީޒް، ތަންދަވް ފިލްމްސް އެންޓަޓެއިންމެންޓް އަދި އާތުޕަތުގެ ދަށުން “ޖޫންދު” ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރް، ކްރިޝްނާ ކުމާރް، ރާޖް ހިރެމަތު، ސަވީތާ ރާޖް ހިރެމަތު، ނާގްރާޖް މަންޖޫލް، ގަރްގީ ކުލްކަރްނީ އަދި މީނޫ އަރޯރާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top