ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގަންގޫބާއީ ކަތިއާވާޅީ” ގައި ކޮއްކޮ އާލިއާ ބަޓް ދެއްކި ހުނަރާމެދު ޕޫޖާ ފަޚުރުވެރިވޭ

ފިލްމު “ގަންގޫބާއީ ކަތިއާވާޅީ”ގައި އާލިއާ ބަޓް ދެއްކި ހުނަރުވެރި އެކްޓިންއަށް ހުރިހައި ދިމާއަކުންވެސް އަންނަނީ ތަޢުރީފު އޮހެމުންނެވެ. މިގޮތުން އާލިއާގެ ދައްތަ ޕޫޖާ ބަޓްވެސް ވަނީ އާލިއާގެ ހުނަރާމެދު ތަޢުރީފުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ 25ގައި ރިލީޒްކުރި މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ ވަރުގަދަ ފިލްމެކެވެ. މި ފިލްމަށް ތަޢުރީފު އޮއްސަމުން ގެންދަނީ ހަމައެކަނި ފިލްމަށް ފާޑުކިޔާ ކްރިޓިކުން އެކަންޏެއް ނޫނެވެ. ފިލްމު ބެލި އާއްމުންވެސް އެއްމެ ތަންފުކެއް ދޫނުކުރެއެވެ. ފިލްމުގެ ބޮކްސް އޮފީސް ރޭޓިންވެސް މިހާރު ވަނީ 100 ކްރޯޑް ރުޕީސް ފަހަނައަޅައި ކުރިއަށް ޖެހިލާފައެވެ.

“ގަންގޫބާއީ ކަތިއާވާޅީ”ގެ ފުރަތަ ދުވަހުގެ ފުރަތަމަ ޝޯވް ބެލި މީހުންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ ދައްތަ ޕޫޖާ ބަޓް ހުރީ އާލިއާގެ އެކްޓިންއާމެދު ފަޚުރުވެރިވެ ނުހަނު ބޮޑަށް އުފާވެފައެވެ. ސިނަމާގައި އާލިއާއަށް ތަޢުރީފުކޮށް ތުނބުން ފުމެ، މީހުން އަތްޖެހި އަޑު އިވުމުން އެއްމެ ބޮޑަށް އުފާވި އެކަކަށް ޕޫޖާ ބަޓް ވާނެއެވެ.

“މަޕްޓިޕްލެކްސް އޯޑިއަންސަކުން ތުނބުން ފުމެ ހަޅޭއްލަވާ މަންޒަރު އާއްމުކޮށް ވަރަށް ނުފެންނާނެ. ނަމަވެސް ގަންގޫބާއީ ބަލުމުން ދިޔައިރު މީހުން ތުބުން ފުމޭ އަޑާއި ހަޅޭއްލަވާ އަޑު ސިނަމާ ހޯލުތެރެއިން އިވުނު.” ޚަބަރުފަތުރާ ޗެނަލަކާ ވާހަކަދައްކަމުން ޕޫޖާ ބަޓް ބުނެފައިވެއެވެ.

“މި ފިލްމަށް ބޮޑު ކާމިޔާބެއް ލިބިއްޖެ. އާލިއާއަކީ ކުރިން ކުޑަކުޑަ އަންހެންކުއްޖެއް ނަމަވެސް މިހާރު އެއީ ރީތި އަދި ހުނަރުވެރި އަންހެނެއްކަން ސާބިތުކޮށްދީފި.” ޕޫޖާ އިތުރަށް ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top