ލަތާ މަންގޭޝްކަރްގެ ހަނދާނުގަައި “މެރި އާވާޒް ހީ ޕެހެޗާން ހޭ”ގެ ނަމުގައި ޓްރިބިއުޓެއް ދީފިއެވެ.

ޕާރފެކް ސެލެބްރޭޝަން އާއި ޑީޖޭޖީ އާއި ގުޅިގެން އިންޑިޔާގެ މައްޝޫރު ލަވަކިޔުންތެރިޔާ ނިޔާވެ ދިޔަ، ލަތާމަންގޭޝްކަރަށް ޓްރިބިއުޓް ދީފައިވަނީ، މިމަހުގެ 11 ވީ ހުކުރުދުވަހުގެ ރޭ މ. ކުދިމާވިލާ ޓެރަހުގައި އެކަމަށް ހާއްސަކުރެވިގެން ބޭއްވި ޝޯއެއްގަ އެވެ.

މި ޝޯގައި ލަތާޖީގެ ތަފާތު ލަވަތައް ކަރައޯކޭ ސްޓައިލްގައި ކުރިއަށް ގެންދެވުނެވެ. މިގޮތުން މި ޝޯވގައި ރާއްޖޭގެ މަައްޝޫރު ލެޖެންޑްރީ ލަވަކިޔުންތެރިންްނާއި، ކަރޯކޭ ލަވަޔަށް ލޯބިކުރާ ފަންނާނުންގެ ލަވަތައް ހުށަހަޅާދީފައިވެއެވެ. ލެޖެންޑްރީ ލަވަކިޔުންތެރިންގެ ތެރޭގައި، މަހްމޫދާ ޝަކީބް، ފާތުމަތު ރައޫފް، ޝަފީގާ އަބްދުއްލަތީފް، އަހްމަދު އިމާދު ހިމެނެއެވެ. މީގެ އިތުރުން އިބްރާހިމް އާމިރު، މަރިޔަމްވަހީދާ، އާތިފާ، އަހުމަދު (ސަންގޭ)، އަހްމަދު ޝިހާމް ފަދަ ބޭބޭފުޅުންގެ ލަވަަަތައް ގެނެސްދީފައިވާ އިރު އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން، ސަރ ކޮޝިކް ވަރްމާގެ ހިތްގައިމު އަޑުން ލަވަ ކިޔާދީފައިވެއެވެ.

ބިލަތްމީރުކޮށްލެއްވުމަކާ އެކު ކުރިޔަށް ދިޔަ މި ޝޯގައި ލަތާޖީގެ ޖުމްލަ 32 ލަވަ ކިޔާދީފައި ވެއެވެ. މިފަދަ އިތުރު ޝޯވތަކެއް ބޭއްވުމަށް ވިސްނާ ކަމަށް، ޕާރފެކްޓް ސެލެބްރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސަލީމް (ޑިސްކޯ) މަޢުލޫމާތު ދީފައިވާއިރު، މީ ދުނިޔެ ދޫކޮށްފައިވާ އެކިއެކި ފަންނާނުންގެ ހަނދާނުގައި ޕާރފެކްޓް ސެލެބްރޭޝަން އިން ބޭއްވި މިފަދަ ފުރަތަމަ ޝޯވއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.