ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްރެއިންގެ “ހިނދުކޮޅެއް” ގެ ފަސްޓްލުކް އަދި ޓައިޓްލް ނެރެނީ

މަޝްހޫރު ޕްރޮޑަކްޝަން ހައުސް ‘ޑާކް ރެއިން އެންޓަޓެއިންމެންޓް’ން މިހާރު އުފައްދަމުން އަންނަ ފީޗާ ފިލްމު “ހިނދުކޮޅެއް”ގެ އޮފިޝަލް ފަސްޓް ލުކް އަދި ޓައިޓްލް، މިމަހުގެ 16 ވަނަ ދުވަހު ހެނދުނު ރިލީޒްކުރަން ނިންމާފައިވާ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. މި ފިލްމުގެ އިސް-ބަޠަލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ.

ފިލްމު “ހިނދުކޮޅެއް”ގެ ޝޫޓިންގެ 80 އިންސައްތަ މިހައިތަނަށް ނިންމާލެވިފައިވާކަން ހާމަކުރަމުން ޑާކް ރެއިން އިން ބުނީ ރަމަޟާން މަސް އައުމުގެ ކުރިން ޝޫޓިން އެއްކޮށް ނިންމައިލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމު “ހިނދުކޮޅެއް” މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމު “ހިނދުކޮޅެއް”ގެ ޝޫޓިންގެ ބައެއް މަންޒަރުތައް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސްމީޑިއާގެ މަންސަތަކުން މި ދުވަސްކޮޅު ފެންނައިރު، އެތަނުގެ ފޭސްބްކް ޕޭޖްގެ ޕްރޮފައިލް ފޮޓޯއަކަށް ލާފައި ހުރީވެސް މި ފިލްމުގެ މަންޒަރެއްކަން ފާހަގަކޮށްލެވެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/darkrainentertainment/videos/4856799527689330″ poster=”http://www.muniavas.com/wp-content/uploads/2022/03/HINDHUKOLHU.jpg”]

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top