ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ “އޭކް ސިތަމް އޯރް” ފަށައިފި

ޕާކިސްތާނު ޑްރާމާ ސިލްސިލާ “އޭކް ސިތަމް އޯރް” ދައްކަން ފަށައިފިއެވެ.

މިރޭ އޭއާރްވައި ޑިޖިޓަލް އިން ދައްކަން ފެށި “އޭކް ސިތަމް އޯރް” ގައި ކިޔައިދެނީ އުޝްނާ ކިޔާ އަންހެންކުއްޖެއްގެ ވާހަކައެވެ. ލޯތްބާއި ނަފުރަތު އެކުލެވޭ ގުޅުމެއްގައި ހިނގާ ކަންތައްތަކެއް ކިޔައިދޭ މި ޑްރާމާގައި ޝައުޤުވެރި އެތައް ޓުވިސްޓްތަކެއް ހިމެނޭނެކަމަށްވެއެވެ.

އުސާމާ ޚާން، އަންމޯލް ބަލޮޗް އަދި ސަލްމާން ސަޢީދު ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގައި މުހިންމު ރޯލުތައް ކުޅޭ އެހެން ތަރިންގެ ތެރޭގައި މާރިއާ ވާސްތީ، ރުބީނާ އަޝްރަފް، ސާޖިދު ޙަސަން، ފަހަދު ޚާން އަދި އަދުނާން ޖީލާނީ ފަދަ ތަރިން ހިމެނެއެވެ.

ރިހާނާ އަފްތާބް ލިޔެ، އިލްޔާސް ކަޝްމީރީ ޑައިރެކްޓްކޮށްފައިވާ “އޭކް ސިތަމް އޯރް” ދައްކަން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ބުރާސްފައްޗަށް ރާއްޖެ ގަޑިން 21:00 ގައެވެ. އަދި އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top