ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓައިގަރ 3 ގެ ޚާއްޞަ މަންޒަރެއްގައި ސަލްމާން ޚާންއާ އެކު ޝާހްރުކް ޚާން

ފިލްމު “ޕަތާން”ގެ މަންޒަރެއް މިމަހު 26 ވަނަ ދުވަހު ޝާހްރުކް ޚާން އާއްމުކޮށްފައި ވާއިރު، ފޭނުން ކެތްމަދުވެފައި ތިބީ އެ ފިލްމުގެ ޚާއްޞަ މަންޒަރެއްގައި ސަލްމާން ޚާން ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ނަމަވެސް ދެކިލުމަށެވެ. ފިލްމު “ޕަތާން”ގައި ސަލްމާން ފެނިގެންދާނީ ޓައިގަރގެ ރޯލުންނެވެ. އެ މަންޒަރު މިހާރު ޝޫޓްކޮށްފައިވާއިރު، ދެން އޮތީ “ޓައިގަރ 3″ގައި “ޕަތާން”ގެ އެކްޓަރު ޝާރްހްރުކް ޚާންގެ މަންޒަރު ނެގުމެވެ. މި ޝޫޓިން ތާވަލްކޮށްފައި ވަނީ މިއަހަރު ޖޫން މަހަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޝޫޓިން ކުރިއަށްދާނީ މުންބާއީގަ އެވެ.

މިވަގުތު ޝާހްރުކް ޚާންގެ “ޕަތާން”ގެ ޝޫޓިން ސްޕެއިންގައި ކުރިއަށް އެބަ ދެއެވެ. ސްޕެއިންގެ ޝޫޓިން ނިންމާލުމަށްފަހު މި މަސް ނިމޭހާ ތާނގާ ޝާހްރުކް ޚާން މުންބާއީ އަށް އަންނާނެ އެވެ. އޭގެ ފަހުން، އަންނަ އޭޕްރީލް މަހު ރާޖޫ ހިރާނީގެ ފިލްމެއްގެ ޝޫޓިން ޝާހްރުކް ޚާން ފަށާނެ އެވެ. ހަމަ އެހެންމެ، ސާޖިދު ނާޑިއާވާލާގެ ފިލްމު “ކަބީ އީދު ކަބީ ދިވާލީ”ގެ ޝޫޓިން ސަލްމާން ފަށާނެއެވެ. އޭގެ ފަހުން މި ދެ ތަރިން ބްރޭކެއް ނެގުމަށްފަހު “ޓައިގަރ 3″ގެ ޚާއްޞަ މަންޒަރުގެ ޝޫޓިން ފަށާނެއެވެ.

“ޕަތާން” އަދި “ޓައިގަރ 3” މިއީ ދެ އެކްޝަން ތުރިލާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޒަހީން4 އަހަރު ކުރިން

Muniavas ah thikan adhi thi e'nguny tha? Thi film thakuge shooting nufashaairu ves aharemenah e'ngifa othy Tiger ga Shahrukh fenna kan ves adhi pathaan ga salman fenna kan ves... Haadha update eh nuveye dho muniavas

Home
Menu
Search
Back to top