ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނެއްކާވެސް ސޯނޫ ނިގަމްގެ އަޑުން ހިތްގައިމު ލަވައެއް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ލަވަތަކަށް ލޯބިކުރާ އޭނާގެ ސަޕޯޓަރުންނަށް މިވަނީ އަނެއްކާވެސް ހިތްގައިމު ލަވައެއް ހަދިޔާ ކޮށްފައެވެ.

މީގެ ތިން ދުވަސް ކުރިން ޔޫޓިއުބްގައި ރިލީޒްކުރި “ނަ ޖާނާ ކަހީނ ދޫރް” އަކީ ސޯނޫގެ މަޑުމައިތިރި ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ލަވައެއްކަން ގައިމެވެ. ވައިލްޑް ބަފަލޯސް މިއުޒިކްގެ ލޭބަލްގެ ދަށުން ސެމާލް ނިކިލްގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ މި ލޯބީގެ ލަވައިގެ ޅެން ހަދައިދީފައިވަނީ ޝެންކީއެވެ.

ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ ވީޑިއޯ ލަވައިގައި ހަރަކާތްތެރިވަނީ ވަރްދަން ޕޫރީ އާއި ރިޗާ ރަވީ ސިންހާއެވެ. މީގެ އިތުރުން ރާކޭޝް ޝުކްލާ އާއި ވިނާޔަކްވެސް ވީޑިއޯއިން ފެނިގެންދެއެވެ.

ވައިލްޑް ބަފަލޯސް އެންޓަޓެއިންމެންޓުން ވީޑިއޯ ތައްޔާރުކޮށްދީފައިވާ މި ލަވަ ކޮރެއޮގްރާފްކޮށް އެޑިޓްކުރީ ޝުބަންކަރް ޖަދަވްއެވެ. ޑައިރެކްޓްކުރީ ދިވްޔަންޝް ޕަންޑިތުއެވެ. މިހާތަނަށް މި ލަވައަށް ޔޫޓިއުބުން 2 ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top