ތަފާތު ހުށައެޅުންތަކެއް ބެލުންތެރިންނަށް ގެނެސްދެމުން އަންނަ ރާާއްޖޭގެ ޕްރޮޑަކްޝަން ހައުސް، އައިފިލްމްސްއަށް ޑައިވަރުންނާއި ފްރީ ޑައިވަރުން ނުވަތަ ޑައިވްކުރަން ދަންނަ އަންހެން އަދި ފިރިހެން އެކްޓަރުން ހޯދަން އިޢުލާނުކޮށްފި އެވެ.
”އެކްޓްކުރަން ޝައުޤުވެރިކަން ހުންނަ ޑައިވަރުން / ފްރީ ޑައިވަރުން (އަންހެން އަދި ފިރިހެން) ނުވަތަ ޑައިވްކުރަން / ފްރީ ޑައިވްކުރަން ދަންނަ އަންހެން އަދި ފިރިހެން އެކްޓަރުން ބޭނުންވެއްޖެ. ޝައުޤުވެރިކަން ހުރި ފަރާތްތަކުން @ifilmsmv އަށް ޑައިރެކް މެސެޖުން ނުވަތަ [email protected] އަށް ސީވީ ނުވަތަ ޕްރޮފައިލް އީމެއިލްކުރައްވާ.“ އައިފިލްމްސް އިން އިނގިރޭސި ބަހުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިތުރު ތަފުސީލެއް ހިއްސާކޮށްފައި ނުވިޔަސް، އައިފިލްމްސްއަށް ޑައިވިންކުރަން ދަންނަ އެކްޓަރުން ހޯދަމުން ދަނީ ވަރުގަދަ މަސައްކަތަކަށް ކަން އެނގެއެވެ. ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދެއް އޮންނަ ޤައުމަކަށްވާއިރު، ކަނޑުއަޑިއާއި މޫދުގެ މަންޒަރުތައް ހިމެނޭގޮތަށް ރަނގަޅު އުފެއްދުންތަކެއް އުފެއްދުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކޮށްލެވެ އެވެ. އެފަދަ ވާހަކަތައްވެސް ރާއްޖޭގެ ބައެއް ލިޔުންތެރިން ލިޔެފައި އެބަހުއްޓެވެ. އެގޮތުން ޑރ. މުޞްތަފާ ލުޠުފީ ލިޔުއްވާފައިވާ ސިޔާސީ ކްރައިމް ތްރިލާ ”ކެމްޕޭން“ އަކީ ފާހަގަކޮށްލެވޭ މޮޅު ވާހަކައެކެވެ.
ފިލްމު ”ބަވަތި”ން ދިވެހި ފިލްމީ އުފެއްދުންތަކަށް އައު ރަހަތަކެއް ގެނެސްދިން އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު ”ނީނާ”ގެ ހުރިހައި މަސައްކަތްތަކެއް ނިންމައި އޮލިމްޕަސް ސިނަމާ ލިބުނުހައި އަވަހަކަށް އެ ފިލްމު އެޅުވުމަށް ތިބީ ތައްޔާރަށެވެ.
ދެ ފީޗާ ފިލްމު އުފެއްދުމުގެ އިތުރުން ބައެއް ސީރީޒްތައް ވެސް އައިފިލްމްސް އިން ވަނީ އުފައްދާފައެވެ. މިގޮތުން ”ބިރުވެރި ވާހަކަ“ނަމުގައި އައިފިލްމްސް އިން އުފެއްދި ސީރީޒަކީވެސް ވަރަށް ތަފާތު އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




