ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކައުޝީ” ގެ ދިވެހި ޓްރެއިލާ ނެރެފި

ސިންގަޅަ ފިލްމު “ކައުޝީ“ގެ ދިވެހި ޓްރެއިލާ މިއަދު ރިލީޒްކޮށްފިއެވެ. މިއީ ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އަދި ޝާނީޒް ޢަލީގެ ‘ސެޓަރ ސްޓޫޑިއޯ‘ އިން އުފައްދާފައިވާ ފިލްމެކެވެ.

ބިރުވެރި ފިލްމު “ކައުޝީ“ އޮލިމްޕަހުގައި އެޅުވުމަށް ނިންމާފައިވަނީ މި އަހަރު ޖުލައި މަހު 19 ވަނަ ދުވަހު އެވެ.

“ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.

ކައުޝީ“އަކީ ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ސިންގަޅަ ބިރުވެރި ފިލްމެވެ.

ފިލްމު “ކައުޝީ“ ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. މަންޒަރުތައް ނެގީ ޝިވާޒް (މާސްކޭ) އެވެ. އެޑިޓް ކޮށްފައި ވަނީ ވެސް އަލީ ސީޒަން އެވެ. ފިލްމަށް މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ.

މިއީ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ އިބްރާހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.

@muniavas

KAUSHI – Dhivehi Trailer @Seaxanali #viralvideo #fypシ #foryoupage #foryou #fyp #fvpviral #maldivestiktok🇲🇻 #dhivehitiktok

♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top