ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ތިޔަ ރީތި ސޫރަ” ލަވައިގެ ޓްރެއިލާ ރިލީޒްކޮށް ލަވަ ނެރޭނެ ތާރީޚް އިޢުލާނުކޮށްފި

ހިތްގައިމު ރީތި ދިވެހި ލަވަތަކެއް ނެރެމުން އަންނަ ‘މަނިކް އާޓްސް’އިން މިހާރު އުފައްދަމުން އަންނަ “ތިޔަ ރީތި ސޫރަ” ލަވައިގެ ޓްރެއިލާ ރިލީޒްކޮށް ލަވަ ނެރޭނެ ތާރީޚް އިޢުލާނުކޮށްފި އެވެ. މި ލަވަ ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 10 ގައި ކަމަށް މަނިކް އާޓްސް އިން ބުނެއެވެ.

ފޭސްބްކް އަދި ޔޫޓިއުބްގެ އިތުރުން ޓީވީތަކުގައި ރިލީޒްކުރާ “ތިޔަ ރީތި ސޫރަ” ވީޑިއޯ ލަވައިގައި ހަރަކާތްތެރިވަނީ ނެށުންތެރިޔާ އަދި އެކްޓްރެސް ސަމާ އަދި އަބްޅޯ އެވެ.

އަޙްމަދު ޙަސަންގެ ހިތްގައިމު ޅެންވެރިކަން ހިމެނޭ “ތިޔަ ރީތި ސޫރަ” ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ލަވަ ކިޔާފައިވަނީ ޝާފިޢު ޝާ އެވެ. މިއުޒިކް ރެކޯޑިން އަދި މިކްސިން ހެދީ ޝާ ސްޓޫޑިއޯގައެވެ. ލަވައިގެ މަންޒަރުތައް ނަގައި މަންޒަރުތައް ކުޅޭނެ ގޮތުގެ އިރުޝާދުދީ މަންޒަރުތައް ގުޅުވާފައިވަނީ މަނިކް އާޓްސްގެ މަނިކެވެ.

“ތިޔަ ރީތި ސޫރަ” ލަވައިގެ ކްރޫ، ސަމާ، އަބްޅޯއާ އެކު މަނިކް- ފޮޓޯ: މަނިކް އާޓްސް

މަނިކް އާޓްސް އިން މަނިކް ބުނީ ލަވައިގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށާ ލަވަ ޝޫޓްކޮށްފައިވަނީ މާލެ އަދި ހުޅުމާލޭގައި ކަމަށެވެ.

މަނިކް އާޓްސްގެ އުފެއްދުންތައް ފެށުމުގެ ކުރިން، ޕޯސްޓަރު ހަދައި އާއްމުކުރެއެވެ. ޝޫޓިން ނިންމައި އެޑިޓިން ނިންމުމަށްފަހު ލަވައިގެ ޓްރެއިލާ އާއްމުކުރެއެވެ. ލަވައިގެ މަސައްކަތް އެއްކޮށް ނިންމައިލުމަށްފަހު ކޮންމެވެސް ޓީވީ ސްޓޭޝަނެއްގެ ޕްރޮގްރާމެއްގެ ތެރެއިން ލަވަ ރިލީޒްކޮށްލަނީ ޔޫޓިއުޓް އަދި ފޭސްބްކްގައި ވެސް ލަވަ ރިލީޒްކޮށްލަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އަޖައިބު2 އަހަރު ކުރިން

އައްދެ، ހަމަ އެކަނި މަޝްހޫރު މީހުންނާ މަޝްހޫރު ސްޓޫޑިއޯތަކުގެ ޚަބަރުތައް އެކަނިތަ ގެންނަންވީ. މަޝްހޫރު ނޫން މީހުން މަޝްހޫރުވާނީ ވެސް ބަޔަކު މަސައްކަތްކޮށްދީގެން ދޯ. އެ މަސައްކަތް ކުރާ ހަމައެކަނި އޮންލައިން އަކީ މުނިއަވަސް އަށް ވާތީއޭ މުނިއަވަސް އަށް އާޓިސްޓުން ޓްރަސްޓްކުރަނީ. ގެޓްވެއްޖެ ތަ؟

ސުހާ2 އަހަރު ކުރިން

ލަވައިގެ އިންތިޒާރުގައި

ފާޓޭ2 އަހަރު ކުރިން

ސައިޑެއްގަ މަސައްކަތްކޮށްލާ އެއްވެސް ޕޮޕިއުލާ ނޫން މީހުން އުފައްދާ ތަކެތިވެސް ގެންނަން ޖެހޭތަ އަޅެ. ގްރޯ އަޕް ގައިޒް، ޔޫ ޝުޑް ބީ މޯ ޕްރޮފެޝަނަލް

ސަމާ ފޭން2 އަހަރު ކުރިން

ސަމާ ތީ ވަރަށް ހިތްހެޔޮ، މޮޅު ކުއްޖެއް. ކީޕިޓް އަޕް ގާރލް

Home
Menu
Search
Back to top