“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސް ހޯދައިފިއެވެ. މި މެޗު ކާމިޔާބުކުރީ 2-0 ނަތީޖާއަކުންނެވެ. ޗެލެންޖާރސްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފއިވަނީ އަހުމަދު ބައްސާމު 7 އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސް – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ ޗެމްޕިއަންޓީމަށް 20000 ރުފިޔާ އަދި ރަނައަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެެރިންނާއި، އެއްމެ އުއްމީދީ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެއްމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެއްމެ މޮޅު ކުޅުންތެރިޔާ ހޮވާފައިވެއެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ ރަނަރއަޕް ޓީމް – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެއްމެ މޮޅު ފަސް ކުޅުން ތެރިންނަކީ ޗެލެންޖާރސްގެ އަހުމަދު ބައްސާމް (7)، ޝިރުހާން އަލީ (18)، އަލީ ޝިޔާހު(17) އަދި ރޯޔަލް ފްރެންޑްސްގެ ގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ތޯހިރު (10) އަދި އިބްރާހީމް ސިމާހު (17) އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 05 ކުޅުންތެރިން – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެއްމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ސްޓާރްސްގެ މިޝްއަލް ރަޒާން (11) އެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިޔާ – ފޮޓޯ: ޒީ-ކްލިކްސް

މުބާރާތުގެ އެެއްމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ޓީމް ޗެލެންޖަރސްގެ އަހުމަދު ބައްސާމް (7) އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ ހަތް ގޯލު ޖަހާފައެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެއްމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ބައްސާމުއެވެ. މި ޑިވިޝަންގެ ފެއަރޕްލޭ ޓީމަކަށް ހޮވޮފައިވަނީވެސް ޗެމްޕިއަންސްކަން ހޯދި ޗެލެންޖާރސް ސްޕޯރްޓްސް ކްލަބެވެ.

“މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ”ގެ ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ – ފޮޓޯ: ޒީ-ކްލިކްސް

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.