ރިވެންޖް، އެކްޝަން ތުރިލާ ފިލްމު “ފުރޭތަ”އިގެ މޮޅު ވާހަކަތައް މީސްމީޑިއާއިން ކޮންމެ ދުވަހަކު ފެންނަމުން ދިޔަޔަސް، ފިލްމުގެ މޮޅުކަމާ ކޮލިޓީ މަސައްކަތެއް ދިވެހި ޕްރޮޑަކްޝަނަކުން ކޮށްފައި އޮތްކަން އެނގޭނީ ފިލްމު ބަލައިލައިގެންނެވެ. މި ފިލްމުގެ އެންމެ ފަހު ދެ ޝޯ އޮންނާނީ 28 އަދި 29 މާރިޗް، ރޭގަނޑު 10 ޖަހާއިރު އެވެ. ފިލްމުގެ ފަހު ޝޯތައް ޑާކް ރެއިން އެންޓަޓެއިންމެންޓުން އިޢުލާނުކުރީ މި ފިލްމުން ފެނިގެންދާ އެންމެ ވަރުގަދަ ސްޓަންޓް މަންޒަރުތައް ކުޅުމަށް ހަދާފައިވާ ރިހާސަލްތައް ދައްކުވައިދޭ ވީޑިއޯއަކާ އެކުގައެވެ.

04 މާރިޗް 2024 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފެށި މި ފިލްމު ބެލި އެންމެން ސިނަމާ ހޯލުން ނުކުތީ ރީތި، މޮޅު އަދި ވަރުގަދަ އެކްޝަން ފިލްމެއް ބަލައިލެވުނު ކަމުގެ ހިތްހަމަޖެހުމާއި އެކުގައެއެވެ.

@muniavas FUREYTHA BTS #bts #maldives #fvpシ💕foryou #muniavas #foryoupage #fyp #fvpviral #maldivestiktok #contentcreators #dhivehifilm #dhivehifilms #dhivehitiktok #fureytha_themovie ♬ original sound – MUNIAVAS

ފިލްމު “ފުރޭތަ”އިގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލް އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފައިޓް މަންޒަރުތައް ހަދާފައިވަނީ މި ފިލްމުން ވަރުގަދަ ރޯލަކުން ފެނިގެންދާ ރަވީ ފާރޫޤްގެ މޭސްތިރިކަމުގެ ދަށުންނެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ތަރިންގެ ތެރޭގައި ޝަރަފު އަބްދުﷲ (ޝަރަފް) އާއި ރަވީ ފާރޫގް، މުހައްމަދު މަނިކު އަދި އަހުމަދު ސައީދު (ތުއްތު ސައީދު)، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ، އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު (ޗަންނަ) ވެސް ހިމެނެއެވެ.

މި ފިލްމުގެ ޓިކެޓު ހޯދުމަށް 9911229 އަށް ވައިބަރ ކުރުމުން އެ އިންތިޒާމު ހަމަޖެހޭނެއެވެ.

ރަމަޟާން މަހު ޓިކެޓު ކައުންޓަރ ހުޅުވާފައި ހުންނާނީ މެނދުރުފަހު 02:00 ން ހަވީރު 05:00ޖަހަންދެން އަދި ރޭގަނޑު 09:30 ން 11:00 އާ ހަމައަށެވެ.

@muniavasFURETHA BTS Stunt Rehearsal FUREYTHA Tickets available for final shows March 28th and 29th | Olympus | 10PM Show Revenge | Thriller | Action 🎬 Ticket counter opening hours during Ramadan 2pm to 5pm | 9.30pm to 11pm For Online purchase CALL OR VIBER 9911229♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.