ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަސް ގޯތިތެރޭގައި ހުންނަ ކެފޭގެ ސީލިންގު ވެއްޓިއްޖެ

ރާއްޖޭގެ މައި ސިނަމާ އޮލިމްޕަސް ހުންނަ ގޯތިތެރޭގައި ހިންގަމުން އަންނަ ކެފޭގެ ސީލިންގު މިމަހު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެއްޓިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އޮލިމްޕަސް ބަލަހައްޓާ ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަމިއްލަ ބަޔަކަށް ދޫކޮށްގެން އޮލިމްޕަހުގައި ހިންގަމުން އަންނަ އޮލިމްޕަސް ކެފޭގެ ސީލިންގަކީ އެ ފަރާތުން އަމިއްލަ އަށް ހަދައިފައިވާ ސީލިންގެއް ކަމަށެވެ.

މިކަމާއި ގުޅިގެން އޮލިމްޕަސް ބަލަހައްޓަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު ބުނީ ސީލިންގް ވެއްޓުނީ ކަތުރުފަނި އަޅައިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މަސަައްކަތްކުރަމުން އަންނަ ކަމަށްވެސް އެންސީއޭއިން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top