މި ދުވަސްވަރުގެ ގޮތުން ފޭސްބްކް ހޭވުމަކީ އާއްމުކަމަކަށް މިވަނީ ވެފައެވެ. ހީވެސް ނުކުރާކަހަލަ ޚަބަރެއް، ޕޯސްޓެއް ހަމަ ދެންމެދެންމެ ލިބިދާނެކަމަށް ހީވާލެއް ބޮޑުކަމުން ދޭތެރެއަކުން ފޭސްބްކް ހާވާލެވެއެވެ. މިހެން ހާވަމުން ދަނިކޮށް ކުއްލިއަކަށް މިއަދު ފެނު ޕޯސްޓެކެވެ. އަޚް އަޒްމީ ޢަލީގެ ޕޯސްޓެކެވެ.
“މިއީ މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ޓިކްޓޮކް ސްކްރޯލް ކުރަމުންދަނިކޮށް އަޑު އިވުނު “ފާތިމާ” ނަމަކަށް ކިޔާ މަލަޔާލަމް ލަވައެއްގެ ތަންކޮޅަކުން އައި ޚިޔާލެއްގެ މައްޗަށް އެކުލަވާލި ޅެމެއް!“
* ޢަޒްމީ ޢަލީ / ދުވަސް އޮންލައިންގެ ވެރިޔާ އަދި އެޑިޓަރ
“މަލަޔާލަމް އެ ލަވަޔާ އެއްގޮތަށް މިޅެމަށް މިޔުޒިކު ހަދައިދީ ލަވަ ކިޔައިދީފައިވަނީ ޝާ ސްޓޫޑިއޯގެ ޝާފިޢު.
މި ޅެމުގަ ދެކެވޭ ވާހަކަތަކީ ސީދާ ވަކި މީހަކަށް ރައްދުކުރެވޭ ވާހަކަތަކެއް ނޫން، އެފަދަ ގޮތަކަށް މާނަ ނެގޭނަމަ އެއީ ހަމަ އިއްތިފާގެއް!”* ޢަޒްމީ ޢަލީ / ދުވަސް އޮންލައިންގެ ވެރިޔާ އަދި އެޑިޓަރ
ލަވަ ހިއްސާކުރަމުން، މި ލަވައިގެ ޅެމުގައި ދެކެވޭ ވާހަކަތަކާ މެދު ‘ޑިސްކްލެއިމަރ’ އެއްވެސް އަޒްމީ ދީފައިވެއެވެ.
އަޒްމީއަކީ ޅެމާއި ލަވަހަދާ މީހެއްކަން މީގެ ކުރިން އެނގިފައި ނެތުމުން ކުޑަކޮށް ހައިރާންކަމެއްވެސް ލިބުނެވެ. ނަމަވެސް މިއަދު އަޒްމީއަކީ ކުޅަދާނަ ލިޔުންތެރިއަކަށްވުމުގެ އޭނާއަކީ ލ. ފޮނަދޫ މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ މީހެކޭ ހިތަށްއެރުމާއެކު އަޒްމީގެ ހުނަރާމެދު ޝައްކުކުރާނެ އިތުރު ޖާގައެއް ނެތޭ ހިތައި އަވަހަށް ލަވަ އަޑުއަހަން ފެށީމެވެ.
ލަވައިގައި ކިޔައިދެނީ ފޯނާއި ސީރީޒްތައް ދިވެހީންގެ ތެރެއަށް ތަޢާރަފުވުމުގެ ކުރިން ދިވެހިރާއްޖޭގައި އުޅުނު “ފާތިމާ”އެއްގެ ވާހަކައާއި މި ޒަމާނުގެ “ފާތިމާ”އެއްގެ ވާހަކައެވެ. އޭރުގެ ގެވެހި ކަނބަލުންގެ ހީވާގި ދިރިއުޅުމުގެ ވާހަކައާއި މި ޒަމާނުގެ ކަނބަލުންގެ ކަންފަސޭހަ ދިރިއުޅުމުގެ ވާހަކައެެވެ.
ލަވަ އަޑުއަހައިލުމާއެކު މަށަށް މި ލަވަ ވަރަށް ހިތްގައިމު ލަވައަކަށް ވެގެންދިޔައެވެ. ލަވައިގެ ރާގުގެ ހިތްގައިމުކަމުގެ ވާހަކަ އެއްފަރާތުގައި ބާއްވާފައި މި ލަވައިގެ ޅެންވެރިކަމުގެ ޚިޔާލުގެ ވާހަކަ ދައްކައިލަން ޖެހެއެވެ. ބޭނުންކޮށްފައިވާ ކޮންސެޕްޓް ނުވަތަ ޚިޔާލަކީ ވަރަށް ހިތްގައިމު ޚިޔާލެކެވެ. ގެނެސްދީފައިވާ ވާހަކަތަކަކީ އަދުގެ ޖީލަށް ނަސޭޙަތަކަށް ފުދޭނެ ވާހަކަތަކެކެވެ.
އިތުރު ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. ކިޔުންތެރިންނަށް މި ލަވަ ގެނެސްދޭނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!