މިމަހު 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވާ ނޫރް އެން ނޫރް މޫވީސްގެ “އަބަދަށް” ފިލްމަކީ ހަމަ އަބަދަށްވެސް މީހުންނަށް ކަމުދާނެ ފިލްމެއް ކަމަށް، ހުނަރުވެރި ޑައިރެކްޓަރ މޫމިން ފުއާދު ބުނެފިއެވެ. މޫމިން މިހެން ބުނެފައިވަނީ “އަބަދަށް” ފިލްމުގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް އާއްމުކޮށްފައިވާ “އަބަދަށް- އަންފިލްޓަރޑް”ގެ ފުރަތަމަ އެޕިސޯޑްގައެވެ.
“އަބަދަށް- އަންފިލްޓަރޑް”ގެ ފުރަތަމަ އެޕިސޯޑްގައި އާއްމުކޮށްފައިވާ ވީޑިއޯ ރީލްގައި މި ފިލްމާއިމެދު މޫމިން ދެކޭ ގޮތާއި މޫމިންގެ ބައެއް ޒާތީ ވާހަކަ ހިއްސާކޮށްފައިވެއެވެ. އާއްމުކޮށް މީހުންނަށް ހީވެފައި އޮންނަ ‘ސީރިއަސް މިޒާޖްގެ’ މޫމިން ފުއާދުގެ ބަދަލުގައި މި ވީޑިއޯއިން ފެންނަނީ ތަންކޮޅެއް ސަކަގޮތެއް ހުންނަ މޫމިންއެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހެއަރ ސްޓައިލަކާ ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެމުން މޫމިން ބުނެފައިވަނީ އިސްތަށިކޮޅު ދިއުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށާ އިސްތަށިގަނޑެއް ލިބިއްޖެއްޔާ ބޯދިގުކޮށް ބަހައްޓާނެ ކަމަށެވެ.
“މި ފިލްމުން ލިބޭނެ ފިލާވަޅެއް ގޮތަށް ބެލެވޭނީ އިންސާނުންގެ ސިކުނޑިއަކީ ނާޒުކު އެއްޗެކޭ. ހަމަ ކޮންމެ ގަޑިއެއްގަވެސް ކޮންމެ ފަދަ ބަދަލެއްވެސް.”
* “އަބަދަށް” ފިލްމުގެ ޑައިރެކްޓަރ
ފިލްމުން ލިބޭނެ ފިލާވަޅާ ބެހޭގޮތުން ސުވާލުކުރުމުން މޫމިން ފާހަގަކުރިއެވެ.
“އަބަދަށް- އަންފިލްޓަރޑް”- އެޕިސޯޑް 01
