ހިތްގައިމު ދިވެހި ފިލްމުތަކެއް ކަމަށްވާ ”ޗުއްޓީ“، ”ހާލި“ ”އިހުސާސް“ގެ އިތުރުން ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ބައިވެރިކުރަން ތައްޔާރުކުރި ކުރު ފިލްމު ”އަޑު އިވުމުން“ އުފެއްދި ލިޔުންތެރިޔާ އަދި ޑައިރެކްޓަރ މުހައްމަދު ހިލްމީ އުފައްދަމުން އަންނަ ފިލްމު ”ލަމްހާ“ ރިލީޒްކުރާނެ ތާރީޚް ހާމަކޮށްފިއެވެ. މިކަން ހާމަކުރީ ފޭސްބްކްގައި ހިލްމީ ކުރެއްވި ޕޯސްޓެއްގައެވެ.

ފިލްމު އެޅުވުމަށް އޮލިމްޕަސް ސިނަމާ ހޯދުމަށް ސޮއިކުރިކަން ހާމަކޮށް އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ ތިއޭޓަރުގެ ކިއު އޮތްގޮތުން ފިލްމު ”ލަމްހާ“ އެޅުވުމަށް ތިއޭޓަރު ލިބެން އޮތީ 29 އޭޕްރީލް 2026ގައި ކަމަށެވެ.

އިންޑިއާއިން ޑިޕްލޮމާ އިން ފިލްމް ޑައިރެކްޝަން ކޯހަކާއި ފޮޓޯގްރަފީ ކޯސް ފުރިހަމަކޮށްފައިވާ މުޙައްމަދު ހިލްމީ ލިޔެ، ޑައިރެކްޓްކުރާ ފިލްމު ”ލަމްހާ“ގެ ޝޫޓިން ފެށީ 2024 ވަނަ އަހަރު ނޮވެމްބަރު މަހު 10 ވަނަ ދުވަހުއެވެ.

ފިލްމު ”ލަމްހާ“ގެ މައިގަނޑު ތަރިންނަކީ އަޙްމަދު އީސަ (އާނަންދު)، ނުޒުހަތު ޝުޢައިބް، އައިޝާ އަދި އަޙްމަދު ޝާރިފް އެވެ.

މި ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ކެމެރާކުރާނީ އިންޑިއާގެ ޗެންނާއީގެ ކެމެރާމަނެއް ކަމަށް ’މުޙައްމަދު ހިލްމީ ފިލްމްސް‘ އިން ބުނެއެވެ. މޭކަޕްކުރާނީ ސްރީލަންކާގެ މޭކަޕް އާޓިސްޓެކެވެ.

ހިލްމީ ޕްރޮޑިއުސްވެސް ކުރާ ފިލްމު ”ލަމްހާ“ގެ އިތުރު މަޢުލޫމާތުތައް ހޯދައިލުމަށް މުނިއަވަސް ނޫހުން ހިލްމީއާ ވާހަކަދައްކައިލީމެވެ.

”މީގަ ލޯބި އިންވޯލްވޭ ވަރަށް ބޮޑަށް! ތަފާތު ގޮތަކަށް މި ފިލްމުގަ ލޯބި އިންވޯލްވް ވާނީ. އެއީ މީގަ އުޅެނީ ހަރު މީހުން.

— މަޝްހޫރު ލިޔުންތެރިޔާ / ޑައިރެކްޓަރ މުޙައްމަދު ހިލްމީ

ހިލްމީ ބުނީ ހިލްމީގެ ވާހަކަތައް ބޮޑަށް ބިނާވާނީ ހަރު މީހުންގެ މައްޗަށް ކަމަށެވެ.

”އަޅުގަނޑަކީވެސް ހަރު މީހެއް. އެހެންވީމަ ޅަކުދިންގެ ސްޓޯރީތަކަކަށް އަދިއެއް އަޅުގަނޑު ނުދަން.

— މަޝްހޫރު ލިޔުންތެރިޔާ / ޑައިރެކްޓަރ މުޙައްމަދު ހިލްމީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.