މި އަހަރު ޖޫން މަހު 17 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކޮށް އެތަނުގައި ކާމިޔާބު 50 ޝޯ ދެއްކުމަށްފަހު މިވަގުތުވެސް ހުޅުމާލޭ ޝްވެކް ސިނަމާގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ފިލްމު ”ސޮރީ“ ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރުތައް މީސްމީޑިއަށް ބަންޑުންކުރަމުން އަންނަނީ މަދެއްކޮށެއް ނޫނެވެ. މިގޮތުން، މި ފަހުން މި ފިލްމު ބެލި ލޭއަޅާބަލި ތަހައްމަލުކުރަމުން އަންނަ ޒުވާން އަންހެން ކުއްޖެއް ކޮށްފައިވާ ކޮމެންޓެއް ކިޔާލާފައި ހިތުގައި ޖައްސުވައިފިއެވެ.
ޒީ ކޮށްފައިވާ ކޮމެންޓް އާއްމުކޮށްލާނަމެވެ.
”މީ އަހަރެންނަށް ހަމަ އެކަނި ފިލްމެއް ނޫނެވެ. މިއީ އަހަރެންގެ ހަޔާތާއި، އަހަރެންގެ އިހުސާސްތަކާއި، ގިނަ ފަހަރަށް އަހަރެން ހަނުހުންނަހުރުމުގެ ރިވެއްޔެކެވެ. އަހަންނަކީ ތެލިސީމިޔާއާ އެކު ދިރިއުޅެންޖެހިފައިވާ މީހަކީމެވެ. ކޮންމެ ދުވަހަކު އަހަރެން ކުރިމަތިލާންޖެހޭ ފަދަ ހަނގުރާމަތަކާ، ފިލްމުގެ ކެރެކްޓަރ ކުރިމަތިލާ ތަން ފެނުމުން، އާޚިރުގައި ކޮންމެވެސް މީހަކަށް އަހަރެން ފެނިއްޖެކަމުގެ އިހުސާސްކުރެވިއްޖެއެވެ. އެއީ އެންމެ ދެތިން ގަޑިއިރަށް ކަމުގައި ވިޔަސްވެހެވެ.
ހޮސްޕިޓަލުގެ މަންޒަރުތަކާއި، އިންތިޒާރީ ކޮޓަރިއާ، ހަމަހިމޭން ވޭނުގައި ހިތްވަރު ކުރަން މަސައްކަތް ކުރި ވަގުތުތަކާ އެއިން އެއްވެސް ކަމެއް މިނަށް ވުރެ ބޮޑުކޮށް ދައްކަން މަސައްކަތްކޮށްފައެއް ނުވެއެވެ. އެއީ ހަމަ ދިމާވާ ގޮތެވެ. ހަގީގަތާ އެއްވެސް ތަފާތެއް ނެތެވެ. އަދި އޭގެ ޖަޒުބާތީ ބުރަދަނަކީ ކޮބައިކަމަށްހެއްޔެވެ؟ އެއިން ކުރި އަސަރު ވެސް ހީވަނީ ހަގީގަތެއްހެންނެވެ. ވަރުބަލިކަމާއި، ބަލިން މިންޖުވެފައިވާ ދުވަހެއް ދުށުމަށް ހިތްއެދޭ އެދުމާއި، އާންމު ހާލަތަށް ރުޖޫއަވުމަށް ކުރެވޭ ކެތްތެރިކަންކުޑަ އިންތިޒާރާއި، ލޯތްބާއި، މިނިވަންކަމާއި – އެ ހުރިހާ ކަމެއް އެ ފިލްމުގައި ޝާމިލުވެއެވެ. ވާހަކައިން އަހަންނަށް ޚުދު އަހަރެން ފެނުނެވެ.
އަދި އަހަރެން ކިތަންމެ ބޭނުންނުވިޔަސް، އަހަރެންގެ އަމިއްލަ ނަފުސުގެ ބަޔަކާ ގުޅިފައިވާ މި ފަދަ ހާލަތެއްގައި ދެމިހުރުމަކީ ކޮން ކަހަލަ އިހުސާސެއްކުރެވޭ ކަމެއްކަން މީހަކަށް އިތުރަށް ކިޔައިދޭން ނުޖެހޭ ކަހަލަ އިިހުސާސެއް ހަމަ އެންމެ ފަހަރަކަށް ނަމަވެސް އިހުސާސް ވެގެން ދިއައެވެ.“
— ފިލްމު ބެލި ތެލެސީމިއާ ޕޭޝަންޓް އާއްމުކުރި ކޮމެންޓްގެ ތަރުޖަމާއެއް
ޒީ ބުނެފައިވާ ވާހަކަތައް އެންމެ ރަނގަޅަށް އިހްސާސްކުރެވޭނީ ލޭއަޅާ ބަލި ތަހައްމަލުކުރަމުން އަންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކަށެވެ. ޒީގެ މި ކޮމެންޓް ކިޔާފައި އިތުރަށް ޒީ އާއި ވާހަކަދައްކައިލަން ބޭނުންވެގެން މެސެޖެއްކޮށްލީމެވެ. ވަގުތުން ޖަވާބުދީފައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޚަބަރެއް ވާނެ ކަމަށް ބުންޏެވެ. އެބުނި ކުޑަވަގުތުކޮޅެއްވެސް ނުވެ ޚަބަރުވެއްޖެ އެވެ.
މުނިއަވަސް އިން އަހަރެން ޒީ ގާތުގައި އެންމެ ފުރަތަމަވެސް އަހައިލެވުނީ މި ސުވާލެވެ.
:މި ފިލްމަށް ދިޔައިރު ހީކުރެވުނަތަ ތެލެސީމިއާ ޕޭޝަންޓަކު ގޯ ތުރޫ ކުރާ (ތަހައްމަލުކުރަމުން އަންނަ) ކަންކަން މިހާ ކުޑަ ވަގުތުކޮޅެއްގައި އެހާ ތަފުސީލުކޮށް ގެނެސްދީފައި ހުރެދާނެ ކަމަށް؟
: އެއްވެސް ވަރަކަށް ހިއެއްނުކުރަން. ޓްރެއިލާ ފެނިފަވެސް އަސްލު ހީކުރީ ފިލްމުގަ ފެނިގެން ދާނީ މަންމަ ނުވަތަ ބައްޕަ ނެތް ކުދިން ގޯ ތުރޫކުރާ ކަންތައްތަކުގެ ސްޓޯރީއެއް ކަމަށް. މިކަހަލަ ސްޓޯރީއެއް ފެނިގެންދާނެ ކަމަށް ހިތަށްވެސް ނާރާ.
: ތެލެސީމީ ކުދިން އަދި އެކުދިންގެ ބެލެނެވެރިންނާއި އާއިލާ މީހުންނަށް މި ފިލްމަކީ ހަމަ ކޮންމެހެންވެސް ބަލަން ޖެހޭ ފިލްމެއްކޭ ބުނެ، އެކަމަށް ބާރުދިނުމުގެ ގޮތުން ނުވަތަ ޖަސްޓިފައިކޮށްލަން ބުނެލާނާ ކީކޭ؟
: މި ފިލްމު ބެލުމަށް އަހަރެން ވަރަށް ބޮޑަށް ރިކޮމެންޑްކުރަން. ސަބަބަކީ ތަލަސީމިއާ ކުދިންނާ އެކުދިންގެ މައިންބަފައިން ތަހައްމަލުކުރާ ކަންތައްތައް މި ފިލްމުން ވަރަށް ސާފުކޮށް ދައްކުވައިދޭ. އަޅުގަނޑުމެންގެ ލައިފްގަ ހިނގާ ހުރިހާ ކަމެއް ތަފުސީލުކޮށް އާއްމުންނާ ހިސާބަށް މި ފިލްމުން ފޯރުކޮށްދެވިފަ އެބަހުރި.
މި ފިލްމާއިމެދު އަދި ނަހޫގެ މަސައްކަތާއި މެދު ނުހަނަު ބޮޑަށް ހިތްހަމެޖެހިފައި ހުރި ޒީގެ ފަރާތުން ނަހޫއަށް ޚާއްޞަ މެސެޖެއްވެސް ދޭން ބޭނުންވިއެވެ.
”މި ފިލްމު އުފެއްދި ކަމަށްޓަކައި ޝުކުރިއްޔާ. އެއީ އަހަރެން ކުރިމަތިލާން ޖެހުނު ކަންތައްތައް ވަރަށް ބޮޑަށް ދައްކުވައިދޭ އެއްޗަކަށް ވާތީ އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި!”
— ޒީ
މި ފިލްމުގެ ޝޯއެއް މިރޭވެސް 20:30 ގައި ހުޅުމާލޭ ޝްވެކްގައި އެބަ އޮތެވެ. ޓިކެޓް ހޯދުމަށް ގުޅަންވި ނަންބރަކީ 7844422 އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ފިލްމީ ވާހަކަ ގެނެސްދޭ އިރު ކީއްވެ ކަނބުލޮ ފިލްމު ވާހަކަ ނުގެންނަނީ
ފިލުމު ޕްރިމިއާއަށް ނޫސް މީޑިއާތަކަށް ދައުވަތުދިން އިރު މި ބައިގަނޑަށް ދައުވަތު ޓިކެޓް ނުދެނީކަން ނޭނގެ.