ރާއްޖޭގެ ޤައުމީ ފުޓުބޯޅަޓީމު މިމަހުގެ 06ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ލަންކާ ފަސްގަނޑުގައި ލަންކާއާއި ދެކޮޅަށް ކުޅެ 3-0ން މެޗް ކާމިޔަބު ކޮށްފައިވާއިރު، 09ވަނަ ދުވަހު ކުޅުނު މެޗުން 1-1ން އެއްވަރުވެ، މޯހަން ކޯޗުގެ އިރުޝާދާއެއްގޮތަށް މަސައްކަތްކޮށް އޭޝިއަން ސުޕަރ ކަޕްގެ ތަށި ރާއްޖެ މިވަނީ ތަށި އުފުލާލާފައެވެ.
އިއްޔެގެ މެޗްގައި ރާއްޖެއަށް ސްކޯރ ކޮަށްދީފައި ވަނީ ދެވަނަ ހާފްގައި 66 މިނެޓްގައި ޖަރޒީ ނަމްބަރ 09 ނާއިޒް(ދާދު) އެވެ. މެޗުގައި ސަޕޯޓަރުން ދެއްކި ނަމޫނާގެ ސަބަބުން ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުންވަނީ، ދިވެހި ސަޕޯޓަރުން މެޗަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ޓިކެޓް ވިއްކާފައިވާ އަގު ބޮޑުކޮށް ދަނޑުގެ ވަކި ހިސާބަކުން ނޫނީ ދިވެހިންނަށް ސަޕޯޓް ނުކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް ދިވެހި އެމްބަސީ މެދުވެރިކޮށް ފަހު ވަގުތު ގިނަ ދިވެހިންނަށް ސޯސަންވިލާގައި ޓިކެޓް ހިލޭ ބަހައި ގިނަ ދިވެހިންނަށް ދަނޑަށް ވަދެވޭނެ ގޮތް ހަމަޖެއްސިއެވެ. ނަތީޖާއަކީ ދިވެހިން ނަމޫނާ ދައްކައި މެޗް ކުޅެން ފެށިގެން ނިމެންދެން ދިވެހި ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލާފައިވެއެވެ.
ދިވެހި ޤައުމީޓީމުންވަނީ ކުޅުން ނިންމައި ތަށި އުފުލާލައި ދިވެހި ޓީމަށް ކެނޑިނޭޅި ސަޕޯޓު ކުރަމުންދިޔަ ޓީމުގެ ސަޕޯޓަރުން ތިބި ސަރަހަށްދަށް ގޮސް ސަޕޯޓަރުންނާއި ބައްދަލުކޮށް ޓީމު މެމްބަރުންނާއި ތައްޓާއެކު ފޮޓޯ ނަގަން ބޭނުންވީ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީފައެވެ.
މީ މި މުބާރާތުގެ ފުރަތަމަ ފަހަރަށްވެފައި މުބާރާތުގެ ތަށި އުފުލާލުން މިއީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ލިޔެވިގެންދާނެ ކަމެކެވެ.
ރާއްޖޭގެ ޓީމު މިއަދު ހަވީރު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ތައްޔާރުވެފައެވެ. ޤައުމީ ޓީވީން މި މަންޒަރުތައް ދައްކާނެއެވެ.
