ރާއްޖޭގެ އަސްލު މިސްޓަރ މޯލްޑިވްސް އަބްްދުﷲ ނިޔާޒު (ޖޭމް އައްލޯ) އަކީ މީގެ ކުރިން ދިވެހި ފިލްމީ ދާއިރާގެ ފޭނުން ޖާދޫގައި ޖައްސާފައިވާ ފަންނާނެކެވެ. މިފަހަރު ޖޭމް އައްލޯގެ ޖާދޫގައި ދިވެހި ފިލްމު ބެލުންތެރިން ޖައްސަން 06 އޮކްޓޯބަރު 2025ގައި އޮލްިމަޕަހަށް އަންނަނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “އަލިފާން” ފިލްމުންނެވެ.
ފިލްމީ މަސައްކަތްތަކުން އާއްމުކޮށް ނުފެންނަ، އެހެނަސް ސަޅި ލުކެއް އަދި ސަޅި ބޮޑީއެއް ހުންނަ ޖޭމް އައްލޯ “އަލިފާން” ފިލްމަށް އާނއެކޭ ބުނީ ކީއްވެގެން ކަން މިއޮތީ ހާމަކޮށްފައެވެ.
ފިލްމު “އަލިފާން” ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.
