ޔޫސުފް ޝަފީޢު ޑައިރެކްޓްކޮށް، މުޙައްމަދު ޢަބްދުالله ގެ ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އަދި ‘ޔޫއްޕެ ޕްރޮޑަކްޝަނުން’ ޕްރޮޑިއުސްކޮށް އުފައްދާ ދިވެހި ފިލްމު “އިލްޒާމް”ގެ ޓިކެޓެއް ގަނެގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުޞަތާއެކު “އިލްޒާމް”ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ފިލްމު “އިލްޒާމް”ގެ ޓިކެޓް ވިއްކަން ފެށުމަށް ފިލްމުގެ ކާސްޓުންނާއި ފިލްމުގެ ޓީމު ހިމެނޭހެން މިމަހު 27 ވަނަ ދުވަހު ފޯރިގަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން 27 ސެޕްޓެމްބަރު މެންދުރު 2:00 ގައި ޓިކެޓް ވިއްކަންފަށާއިރު، އޮކްޓޯބަރު 6 ގެ ނިޔަލަށް ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 17 ޕްރޯއެއް ދިނުމަށް ވަނީ ނިންމާފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ އައިފޯން 17 ޕްރޯ މިއީ “އީ ޕްލެޓިނަމް”ގެ ފަރާތުން ސްޕޮންސަރކޮށްފައިވާ ހަދިޔާއެއް ކަމަށެވެ. މި ފޯނު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުގެރޭ އޮންނަ މި ފިލްމްގެ ޕްރިމިއާރ އިވެންޓްގެ ތެރޭގައެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިންހިމެނެއެވެ. އެގޮތުންއެގޮތުން ޔޫއްޕެ، އާމިރާ އިސްމާޢީލް، އަޙްމަދު ނިމާލް، ފައިސަލް، ޖުމައްޔިލް ނިމާލް، ޝިފާ، ޝަކީލާ، މުޙައްމަދު ރަޝީދު (ދަރާ)، އަޙްމަދު ސަޢީދު، ލައިޝާ، ޝަހީދާ އަދި ކުޑަކުއްޖެއްގެ ރޯލުން އަލަށް ތައާރަފްވާ ކިންޒާ ހުސައިން[ގޮމަ]ގެ ހުނަރުވެރިކަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

@muniavas Film “ilzaam” first look @eupeofficial @DhivehiScreen @Ami🌺🇲🇻 ♬ original sound – MUNIAVAS

ފިލްމް ”އިލްޒާމް“ގެ ވާހަކަ ބިނާކޮށްފައިވަނީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ އަދި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކުން ޚިޔާލު ނަގައި، އެކަންކަމުން ބެލުންތެރިންނަށް ހެޔޮ ރަނގަޅު މެސެޖްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދު ޙާސިލުކުރުމަށް ވިސްނާފައެވެ.

މި ފިލްމުން ނަފްރަތާއި ހަސަދަ، ލޯތްބާއި ހިތާމަ، އެކުވެރިމަކާއި ދެކޮޅުވެރިކަން، އާއިލީ ހަސަދައާއި ފިތުނަ، ދަރިންނާއި މައިންފައިންގެ ގުޅުން ފެނިގެންދާނެ އެވެ.

ފިލްމު ”އިލްޒާމް“ އެޅުވުމަށް އަމާޒުހިފައިވަނީ 20 އޮކްޓޯބަރ 2025 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.