އައިފިލްމްސް، ލައިޓްސް އައުޓް ޕްރޮޑަކްޝަން އަދި އިންޖީނިއަސް ވިޝުއަލް ފެކްޓަރީގެ އުފެއްދުމެއް ކަމުގައިވާ ”ލޯބިން…؟“ އޮކްޓޫބަރު މަހު 09 އަދި 10ގައި އައްޑޫ ސިޓީގައި އެޅުވުމަށް ގްރީން އާޓް ސްޓޫޑިއޯއިން ތައްޔާރުވެއްޖެއެވެ.

ފިލްމު ”ލޯބިން….؟“ އަކީ އިލްޔާސް ވަހީދު ޑައިރެކްޓްކުރި ފިލްމެކެވެ. މި ފިލްމު ޕްރިމިއާކުރީ އޯގަސްޓް މަހުގެ 06 ވަނަ ދުވަހު އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް މި ފިލްމަށް ލިބިފައިވެއެވެ.

ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެންދާނެ ފިލްމެކެވެ.

ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.

އައްޑޫ ސިޓީ ވިލާ ކޮލެޖް ހޯލުން ފިލްމު ”ލޯބިން….؟“ ބަލައިލަން ޓިކެޓް ނެގުމަށް 7891177 އަށް ގުޅުމަށް ގްރީން އާޓް ސްޓޫޑިއޯއިން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.