ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަހުގައި ޖެހި “އަލިފާން” މީސް މީޑިއާގައި ބާރަށް އަނދަނީ!

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ތުރިލާ “އަލިފާން” މިމަހުގެ 06ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރި “އަލިފާން”ގެ ހުޅުގަނޑު މީސް މީޑިއާގައި ބާރަށް އަނދަން ފަށައިފިއެވެ.

“އަލިފާން” ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ، މި ފިލްމު ބެލި ފަރާތްތަކުން މީސް މީޑިއާގައި ކޮމެންޓްތައް ހިއްސާކުރަން ފަށާފައިވާއިރު، ފިލްމަށް ލިބެމުން އަންނަ ފަހި ކޮމެންޓްތައް ފާހަގަކޮށްލެވެއެވެ.

ފިލްމީ ދާއިރާއަށް ނިސްބަތްވާ މަޝްހޫރު ފަންނާނެއްގެ ދަރިއެއް ކަމަށްވާ މަޝްހޫރު ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ކޮށްފައިވާ ކޮމެންޓް ވަަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

“ދިވެހި މުޖުތަމަޢުގައި ވަކިހިއްޕާލާފައިވާ ކުށްތަކާއި އެ ކުށްތަކުގެ މޫލާފައިވާ ފުންމިން.

ކުށުގެ ޝިކާރައަށް ވެފައި ތިބޭ މީހުންނާއި އެ މީހުންގެ މަޖުބޫރީ ހާލާތު.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިރޭ ރޯކުރި އަލިފާނުގެ ދިލަ އޮލިމްޕަހުން ކަނޑުވާލަން ދުވަސްތަކެއް ނަގާނެ!

ފިލްމުގެ ސްކްރިޕްޓާއި ޑައިރެކްޝަން އަދި ވަކީން ޚާއްޞަކޮށް އަޙްމަދު ޒިފާފްގެ ސިނަމޮޓޮގްރާފީ އާދަޔާޚިލާފަށް މޮޅު!

ރަވީ ފާރޫޤް، ޝީލާ ނަޖީބް އަދި ޝަރަފް ޢަބްދުﷲގެ އެކްޓިން ތަފާތު މޮޅު.”

* އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހްޒާން

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިރޭ ރޯކުރި އަލިފާނުގެ ދިލަ އޮލިމްޕަހުން ކަނޑުވާލަން ދުވަސްތަކެއް ނަގާނެ ކަމަށް ޝަހްޒާން މިހެން ބުނި ބުނުމަކީ ބުރަދަން ހުރި ބުނުމެއްކަން ޔަޤީން ކުރެވެނީ މި ފިލްމު ބެލި ފަރާތްތަކުން ދީފައިވާ ކޮމެންޓްތަކުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top