މިއޮތް ހުރިހައި ދުވަހު އިވެމުން ދިޔައީ މުޅި ހިންނަވަރަށް މަޝްހޫރު ލިލީއެއްގެ ވާހަކައެވެ. ލިލީގެ ވަރުގަދަކަމުގެ ސަބަބުން އޭނާއާ ފާޑުފާޑަށް ކުޅެނުލެވޭނެކަން ހާމަވެގެން ދިޔައެވެ. ނަމަވެސް ރޭ އާއްމުކޮށް ހުޅުވާލައިގެން ވަރުގަދަ މިއުޒިކް ޝޯއަކާއެކު ފިލްމު ”ލިލީ“ގެ ރަސްމީ ޓްރެއިލާ ނެރުމަށް ބޭއްވި އިވެންޓުގައި ޓްރެއިލާ އާއްމުކުރުމާއެކު ގިނަގުނަ ސުވާލުތަކެއް އުފެދިގެން އައެއެވެ. އޭގެ ތެރެއިން އުފެދުނު އެންމެ ބޮޑު އެއް ސުވާލަކީ ’ޝައުފާ އަކީ ކާކު؟‘- މި ސުވާލެވެ.
ފިލްމު ”ލިލީ“ގެ ޓްރެއިލާއިން ޝަޢުޤުވެރި، ސަސްޕެންސް ހިމެނޭ ގިނަ މަންޒަރުތަކެއް އެންމެ ދެ މިނެޓުން ދައްކައިލި ނަމަވެސް، މި ފިލްމު ބެލުމަށް ބެލުންތެރިންގެ ކެތްމަދުވެފައިވާ ކެތްމަދުވުން އިތުރަށް ގަދަކޮށްފިކަން ޔަޤީނެވެ. ޓްރެއިލާއިން ފެނިގެންދާ ވަރުގަދަ މަންޒަރުތަކުގެ އިތުރުން، ފާހަކަކޮށްލެވޭނެ އަދި ގިނަ ޒަމާންތަކަކަށް ހަރުލައި ހުންނާނެ ފަދަ ވަރުގަދަ ޑައިލޮގުތަކެއްވެސް އިވިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ކްރިއޭޓިވް ނެޓްވޯރކްގެ އަލަތު ފިލްމު ކްރައިމް ތްރިލާ ”ލިލީ“ގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.
ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.
20 ނޮވެމްބަރުގައި ރިލީޒްކުރާ ފިލްމު ”ލިލީ“ އަކީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ކަލޯތީއާލިއާގެ ގަންގުބާއީ……ބޮއިހަލަކި