ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު ”ލިލީ“ގެ ޓިކެޓް ގަތުމަށް އޮލިމްޕަހުގެ ކައުންޓަރު ސަރަހައްދުގައި ކިއުުޖައްސައިފިއެވެ. ޓިކެޓް ގަތުމަށް ގިނަ އަދަދެއްގެ މީހުން ކިއުގައި ތިބި ތަން އިއްޔެ ހަވީރު ފެނިގެންދިޔައެވެ.
ކްރައިމް ތުރިލާ ”ލިލީ“ގެ ޓިކެޓް ވިއްކަން ފަށާފައިވަނީ އިއްޔެ ހަވީރު 16:30ގައެވެ. އަންނަ މަހު 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހަށް ގެންނަ ”ލިލީ“ގެ ޓްރެއިލާ އާއްމުކުރި ފަހުން އެ ފިލްމުގެ ވާހަކަތައް ދެއްކުން އަނެއްކާވެސް މިވަނީ ވަަރަށް ބޮޑަށް ވައިގައި ހިފާފައެވެ. މުޅި ހިންނަވަރަށް މަޝްހޫރު ލިލީގެ ވަރުގަދަ ކެރެކްޓާ ސިނަމާއިން ބަލައިލުމަށް ބެލުންތެރިން ކެތްމަދުވެފައިވާ ވަރު، އިއްޔެ އޮލިމްޕަހުގައި ދަމާލާފައި އޮތް ކިއުއިން އަންދާޒާކޮށްލެވެއެވެ.
”ލިލީ“ އަކީ ދިވެހި ފިލްމު ”މީ އިޝްގް“، ވެބް ސީރީޒް ”ދަރަކަ“ އާއި ”މިރާއީ“ ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ހުނަރުވެރި ޒުވާން ލިޔުންތެރިޔާ އަދި ޑައިރެކްޓަރ އަޒްހާން އިބްރާހިމްގެ ދެވަނަ ފީޗާރ ފިލްމެވެ.
ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ ކަމަށްވެއެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ޙަލީމް، އަލީ ފާރޫޤް، އައިޝަތު އާރިފާ އަދި މުޙައްމަދު ވަޙީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެއެވެ. އަދި ދިވެހި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުންނަ ދެ ތަރިން ކަމުގައިވާ އެލީޝާ ސަނީމް، ޚަދީޖާ އަބޫބަކުރު މި ފިލްމުން ފެނިގެންދާނެ ކަމުގައިވެސް އަޒްހާން ބުނެފައިވެއެވެ.
މުޙައްމަދު އަރީހް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު ”ލިލީ“ގެ ޓިކެޓް ބުކް ކުރުމަށް 7505078 ވައިބާ މެދުވެރިކޮށް ނުވަތަ ވެބްސައިޓު www.book.lilythemovie.com ކޮށް ވެސް ކުރިއަށް ދެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




