ހިންނަވަރަށް މަޝްހޫރު ”ލިލީ“ ހިންނަވަރަށް ނިކަން ގަދަކޮށްފިއެވެ. ފިލްމު ”ލިލީ“ގެ ހިންނަވަރު ފުރަތަމަ ދެ ޝޯގެ ޓިކެޓް ވިއްކަން ފެށިތާ އެއްގަޑިއިރު ތެރޭ ހުސްކޮށްލާފައިވުމުން އެ ރަށަށް ”ލިލީ“ ގަދަކޮށްލާފައިވާ މިންވަރު ފެނިގެންދެއެވެ.

މިމަހު 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރާ ”ލިލީ“ ފިލްމުގެ ޝޫޓިން ނަގާފައިވަނީ ހިންނަވަރުގައެވެ. މި ފިލްމުގައި ހިންނަވަރުގެ ކާސްޓުން ހިމެނެއެވެ. މި ރަށުގައި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ 28 ނޮވެންބަރުގައެވެ. މި ޝޯއަށް އިއްޔެ ހުޅުވާލިތާ ގަޑިއިރެއްގެ ތެރޭގައި ޝޯގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. އަދި އިތުރު ޝޯއެއް 29ގައި އެޅުވުމަށް ހުޅުވާލިތާ ގަޑިއިރެއްގެ ތެރޭގައި އެ ޝޯ ވެސް ވަނީ ވިކި ހުސްވެފައެވެ.

ލިލީ ޓީމުން ބުނީ ހިންނަވަރުގައި ރެޑް ކާޕެޓެއް ބާއްވަން ރާވަމުންދާ ކަމަށެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ފިލްމު އެޅުވުމަށް ލިލީ ޓީމުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާ ލ. އަތޮޅުގެ ބައެއް ރަށްތަކުގައި މި ފިލްމު މިމަހު 28 ގައި ދައްކާނެއެވެ.

މާލޭގެ ޝޯތަކަށް ބަލާއިރު ލިލީގެ ފުރަތަމަ ތިން ޝޯގެ ބުކިންއަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެމީހުންގެ ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ނުވަތަ book.lilythemovie.com  އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ. ފުރަތަމަ ޝޯގެ ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ޝޯއަށް ވެސް ވަނީ ހުޅުވާލާފައެވެ.

އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ “ލިލީ” އަކީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.

ފިލްމުގެ މަންޒަރުތައް ނަގައިދީފައިވަނީ ސަމާހު އިބްރާހިމް އެވެ. ފިލްމުގެ މަންޒަރުތައް ވަރަށް ހިތްގައިމެވެ. މިއީ ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށް މަޝްހޫރު ޑައިރެކްޓަރ އަޒްހާން އިބްރާހީމް ޑައިރެކްކޮށް ގެނެސްދޭ ފިލްމެކެވެ.

@muniavas Hinnavarah Mash’hooru LILY, e Rashah Gadhakoffi! ހިންނަވަރަށް މަޝްހޫރު ”ލިލީ“ އެ ރަށަށް ގަދަކޮށްފި! #lily #lilly @Creative Network ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.