މި އަހަރު ޑިސެމްބަރު މަހު އެއްވަނަ ދުވަހު ރިލީޒްކުރާ ފިލްމު ”އަލްވަދާޢު“ގެ ޓްރެއިލާ ބައެއް މީހުންނަށް ދައްކައިލުމަށްފަހު އެމީހުންގެ ރިއެކްޝަންތައް ހުރި ގޮތުން، ”އަލްވަދާޢު“ ފިލްމުގެ ޓީމުން ބެލުންތެރިން ކިބައިން މަޢާފަށް އެދެފި އެވެ.

ޑާކް ރެއިންް އެންޓަޓެއިންމެންޓްގެ މީސް މީޑިއާ މެދުވެރިކޮށް މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނަމާއަށް ”އަލްވަދާޢު“ އައުމުގެ ކުރިން އެ ސްޓޫޑިއޯގެ ފަރާތުން، ކޮންމެވެސް ވަރެއްގެ ހާސްކަމަކާއެކު ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ.

މި ފިލްމު އެޅުވުމުގެ ކުރިން ޓްރެއިލާ ބަލައިލަން ފުރުޞަތު ލިބުނު ބައެއް މީހުން ބުނާގޮތުގައި ފިލްމުގެ ސަބަބުން ކުއްލި ޖަޒުބާތީ އިހުސާސްތައް ކުރެވުމާއި، މާޒީގެ މުހިންމު ހަނދާންތައް އައުމުގެ އިތުރުން، ކުރިންް ލައްޕާލެވިފައިވާާ ކަމަށް ހީކުރެވިފައިވާ ދިރިއުޅުމުގެ ބައެއް ބާބުތައް ހުޅުވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަނަވަމެވެ. އަދި ސިކުނޑީގެ އަރުޝީފުގައި ހުންނާާން ޖެހޭ ބައެއް ހަނދާންތައް އިއާދަވުމުގެ ފުރުސަތުވެސް އޮވެދާނެކަމުގައި ފާހަގަކުރަމެވެ. ފިލްމުގެ ސަބަބުން ކުރިމަތިވެދާާނެ ޖަޒުބާތީ ކާރިސާތަކަށާއި، ލޮލުން އޮހޮރިދާނެ ކަރުނަޔަށާއި، އަލުން ހުޅުވިގެންދާ މާޒީގެ ފާރުގަނޑުތަކަށާއި، މަޑުމޮޅިކަމާއެކު ހަލާކުވެގެންދާ ހިތްތަކަށާއި، ބުނަން ބޭނުންވެ ނުބުނެވިފައިވާ އަލްްވަދާޢުތަކަށް ޑާކް ރެއިން އިންް ޒިންމާާވެވެން ނެތްކަމުގައި ދަންނަވަމެވެ.

އަލްވަދާޢު ބަލަން ނިންމާކަމުގައި ވަނީނަމަ ސަމާލުކަމާއެކު އެކު ކުރުމަށް އިލްްތިމާސްކުރަމެވެ. ޓިޝޫ ހިއްޕަވައިގެން ވަޑައިގަތުމަށާއި، މަޑުމައިތިރި ހިތަކާއި، ހިތުގެ އުދާސްތައް ފިލުވައިލުމަށް އާއްމުކޮށް އަޑުއަހާ ލަވަތަކުގެ ޕްލޭލިސްޓް ގާތުގައި ބޭއްވުމަށްވެސް އިލްތިމާސްކުރަމެވެ.

– ފިލްމު އަލްވަދާާޢުގެ ޓީމުން

ޓްރެއިލާ އާއްމުކުރުމުގެ ކުރިން ޓްރެއިލާ ބެލި ފަރާތްތަކުގެ ރިއެކްޝަންތައް މި ވީޑިއޯއިން ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.