ކޮށްފައިވާ އަސަރާއި ލިބިފައި ހުރި ޓެންޝަނުގެ ސަބަބުން އެއް އަތުގެ އިނގިލިތަކުން އަނެއް އަތުގެ އިނގިލިތައް މޮޑެމުންދިޔަ އަންހެނެއްގެ ވޭނާއި އަސަރުން ފުރިގެންވާ އަޑު ކަންފަތުގައި ޖެހުމާއެކުވެސް ހިތުގެ ފުނަށް އަސަރުކުރުވިއެވެ.

”ހާދަ ތަދެއް ކުރެޔޭ އޭނަ. އެއީ މަންމައޭ އެކަމަކު!

– ފިލްމު ”ލިލީ“ގައި ގެނެސްދޭ ހާދިސާ އަސްލަށް ދިމާވި ކުއްޖާގެ އިންޓަވިއުއިން

ސުވާލުކުރަން އިނީ ފިލްމުގެ ޑައިރެކްޓަރ އަދި ނޫސްވެރިޔާ އަޒްހާން އެވެ.

ތި ވާހަކަތައް އެއްވެސް މީހަކާ ހިއްސާކުރިންހޭ އަޒުހާން އަހައިލަނީ އެކުއްޖާ ކިޔައިދިން ވާހަކައިގެ އަސަރުގައި ޖެހި އިނދެއެވެ.

”ލަކުނެއް ނެތަސް އަދިވެސް ބިރުގަނޭ! (ރުއިމާއި ގިސްލުމުގެ އަޑު) މިއީ އިންސާނަކަށް ކެތްވާނެ ވަރެއްތަ؟

– ފިލްމު ”ލިލީ“ގައި ގެނެސްދޭ ހާދިސާ އަސްލަށް ދިމާވި ކުއްޖާގެ އިންޓަވިއުއިން

ރަށު އެއްވެސް މީހަކުވެސް އަޅައިނުލާހޭ އަޒުހާން ސުވާލުކުރަނީ އިވެމުން ދިޔަ ވާހަކަތައް ޤަބޫކުރަން ދަތިވެފައި އިންކަހަލަ ގޮތަކަށް އިނދެއެވެ،

”އޭނަ ފެންނަ ކޮންމެ ފަހަރަކު އަދިވެސް މަ މި އިންނަނީ ގަބުވެފަ. (ކަނާތު ކަނދުރާމަތީގައި ބުރުގާ މަތިން އަތް ހިންގައިލަމުން).

(އިތުރަށް ރުއިމާއި ގިސްލުމުގެ އަޑާއެކު) އޮތްތަނުން ގުޑިލާނެ ގޮތެެއް ނޭނގިފަ އެބަ އޮންނަމޭ އެތައް ރެޔަކު!“

– ފިލްމު ”ލިލީ“ގައި ގެނެސްދޭ ހާދިސާ އަސްލަށް ދިމާވި ކުއްޖާގެ އިންޓަވިއުއިން

އެ ކުއްޖާ ކިޔައިދެމުން ދިޔަ ވާހަކަ ކޮންމެވެސް ގޮތަކުން މީހުންނާ ހިއްސާކުރަން އެބަ ޖެހޭ ދޯއޭ އަޒުހާން ބުނެލައެވެ.

ފިލްމު ”ލިލީ“ އަކީ މި ހިތްދަތި ހާދިސާތައް ދިމާވި ކުއްޖާގެ ހިތްދަތި ހަޔާތުގެ ވާހަކަތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ’ކްރިއޭޓިވް ނެޓްވޯރކް’ގެ އެހީތެރިކަމާއެކު އަޒުހާން އަދި އޭނާގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފެނިގެންދާނެ ފިލްމެކެވެ. ނަމަވެސް މިއީ ހަމައެކަނި މުނިއަވަސްފިލުވުމަށް ގެނެސްދޭ ފިލްމެއް ނޫންކަމަށާ، މިއީ ކޮންމެވެސް މީހެއްގެ ޙަޔާތުގައި ދިމާވެފައިވާ ޙަޤީޤީ ހާދިސާތަކެއްކަން އިއްޔެ އާއްމުކުރި ޓްރެއިލާ ނިންމާލަމުން ހަނދާންކޮށްދެއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ ދިވެހި ފިލްމު ”ލިލީ“ގެ ޓިކެޓް 7505079 އަށް ވައިބާ ކުރައްވައިގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތް ކުރައްވައިގެން ނެންގެވޭނެއެވެ.

ލިލީގެ ތިން ޝޯވގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ. މިއަދު ވަނީ އިތުރު ދެ ޝޯވއަށްވެސް ޓިކެޓު ވިއްކަން ފަށައިފަ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ލިލީ އަޅުވަން މިހާރު ދަނީ ޓިކެޓު ވިއްކަމުންނެވެ.

މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުަސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ އެވެ. މީގެ އިތުރުން ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުالله ޝަކީލް އެވެ.

ލިލީއަށް ބޮޑު ތަރުހީބެއް މުޅި ރާއްޖެއިން ލިބެމުން ދާއިރު މިފިލްމުގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފެށި ދުވަހު ދިގު ކިޔުއެއް މަގުގައި ހަދާފައި އޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.