ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ހޮނިހިރު ދުވަހުގެ ރޭ ނަހޫ އަދި ޝީލާ

ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން ކުރިއަށްގެންދާ ސިލްސިލާ ލައިވްގައި މި އަންނަ ހޮނިހިރު ދުވަހުގެ ރޭ (15 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ރޭ) ނަހޫ އާއެކު ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައްދަލުކުރާނީ މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް ކަމަށް ނަހޫ ބުނެފި އެވެ.

ޝީލާ ނަޖީބަކީ ވެސް ނަހޫގެ ގިނަ އުފެއްދުންތަކެއްގައި ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ އަދި މިހާރުވެސް ދައްކަމުން އަންނަ ފަންނާނެކެވެ. އެގޮތުން ފިލްމު “ޒުލޭޚާ”، “ޔޫސުފް”، “ހެޔޮނުވާނެ”ގައި ޝީލާ ކުޅެފައިވާ ރޯލަކީ ބެލުންތެރިންގެ މެދުގައި ވަަރަށް ބޮޑަށް މަޤުބޫލުވެގެންދިޔަ ފިލްމެކެވެ. މީގެ އިތުރުން ބައިސްކޯފުން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގައި ވެސް ޝީލާގެ ހުނަރުވެރިކަން ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މި ލައިވްގައި ފިލްމީ ދާއިރާގައި ޝީލާ އަދި ނަހޫ ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން ސީދާ އެމީހުންނާ ސުވާލުކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ދިޔަ ހަފުތާގައި މި ލައިވްގައި ގެނެސްދިނީ ނިޢުމާ އެވެ.

@muniavas Film KALAAYAA NULAA ge Remake eh Kulhen Niuma Aan Bas Bunefi “ކަލާޔާ ނުލާ” ގެ ރީމޭކެއް ކުޅެން ނިޢުމާ އާނބަސް ބުނެފި @crystalentertainmentmv @neumamohamed77 #kalaayanulaa #fy #fypシ゚ #fyppppppppppppppppppppppp #fypageシ #fypage ♬ original sound – MUNIAVAS

ކްރިސްޓަލް އެންޓަޓެއިންމެންޓުން މި ލައިވް ގެނެސްދޭނީ ހޮނިހިރު ދުވަހުގެ ރޭ 10:30ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top