ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަލްވަދާޢު” ގެ ޓައިޓްލް ލަވަ މާދަމާ ނެރެނީ!

ޑިސެމްބަރު 01 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާއަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެންނަ ލޯބީގެ ފިލްމު “އަލްވަދާޢު”ގެ އަސަރުގަދަ ޓައިޓްލް ލަވަ ‘އަލްވަދާޢު’ މިމަހު 17 ވަނަ ދުވަހުގެ ރޭ 08:00 ޖަހާއިރު ނެރޭނެ އެވެ.

‘އަލްވަދާޢު’ ލަވަ ކިޔައިދީފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ އަޙްމަދު އިޝާމް އެވެ. މިއީ އޭނާ ދިވެހި ފިލްމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

“އަލްވަދާޢު” ޓައިޓްލް ލަވައިގެ އަސަރުގަދަކަމާ ފުރިހަމަކަން ހާމަވެގެންދާ ތަންކޮޅެއް މީގެ ދުވަސްކޮޅެއް ކުރިން ޑާކް ރެއިންއިން ދޫކޮށްލާފައިވެއެވެ.

@muniavas Get ready for the Heartache Anthem of the Year. The Alvadhaau Title Song is finally dropping and it’s about to hit you right in the feels. 🍃 Releasing on 17th November at 8 PM. Stay tuned. 💔@Dark Rain Entertainment ♬ original sound – MUNIAVAS

މި ލަވައިގެ އަސަރުގެ ވާހަކަ ދައްކާލާއިރު އެންމެ ފުރަތަމަވެސް ފާހަގަކޮށްލަން ޖެހޭ އެއް ނަމަކީ ލަވައިގެ ޅެންވެރިޔާގެ ނަމެވެ. ދިވެހި ލަވަތަކުގެ ތެރެއިން މިއަދާ ހަމައަށްވެސް އެންމެ އަސަރުގަދަ ސަޅި ލަވަތަކެއް ގެނެސްދީފައިވާ ޅެންވެރިޔާ އީސާ ޝަރީފުގެ ފިލްމީ ވިސްނުމާއެކު ހަދާފައިވާ މި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ ޑީއާރް ޕްރޮޑަކްޝަނުންނެވެ. ލަވައިގެ މާސްޓަރިން ހެދީ ޙުސައިން ތަޢުފީޤް އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނި ގޮތުގައި “އަލްވަދާޢު” ލަވަ ވެގެންދާނީ ފިލްމުގެ އިހުސާސްތަކާއި ޖަޒުބާތުތައް ވަރަށް ސާފުކޮށް ދައްކައިދޭނެ އަސަރުގަަދަ ލަވައަކަށެވެ. މި ލަވައަކީ ‘ހާރޓް ބްރޭކް އެންތަމް’ އެއްގެ ގޮތުގައި ޑާކް ރެއިންއިން ފާހަގަކުރާ ލަވައެކެވެ.

ފިލްމު “އަލްވަދާޢު” ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.

އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.

ފިލްމު “އަލްވަދާޢު”ގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ހޯދުމަށް 9911229 އަށް ގުޅައިގެން ކުރިއަށްދެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top