ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެންނަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގެ އަސަރުގަދަ ޓައިޓްލް ލަވަ ’އަލްވަދާޢު“ ރިލީޒްކޮށްފިއެވެ. ހިތާމަވެރިކަމާ މާޔޫސްކަން އަދި ލޯބި އިންތިހާއަށް ފެނިގެންދާ މި ލަވައިން ހިތުގެ އެންމެ ފުނަށް އަސަރުކުރުވައެވެ.
’އަލްވަދާޢު‘ ލަވަ ކިޔައިދީފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ އަޙްމަދު އިޝާމް އެވެ. މިއީ އޭނާ ދިވެހި ފިލްމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ލަވައިގެ ޅެންވެރިޔާއަކީ އީސާ ޝަރީފު އެވެ. މި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ ޑީއާރް ޕްރޮޑަކްޝަނުންނެވެ. ލަވައިގެ މާސްޓަރިން ހެދީ ޙުސައިން ތަޢުފީޤް އެވެ.
ފިލްމު ”އަލްވަދާޢު“ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ފިލްމު ”އަލްވަދާޢު“ގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ހޯދުމަށް 9911229 އަށް ގުޅައިގެން ކުރިއަށްދެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




