ބޮލީވުޑް ސިނަމާގައި ހީމޭންގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ވެޓަރަން އެކްޓަރު ދަރްމެންދްރާ (ދަރޭ) ނިޔާވެއްޖެއެވެ. ދަރްމެންދްރާ ނިޔާވީ 24 ނޮވެމްބަރު 2025 (މިއަދު)ގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 89 އަހަރެވެ.
މިމަހު ކުރީކޮޅު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދަރްމެންދްރާ ގެއަށް ދޫކޮށްލީ ސިއްޙީ ހާލަތު ރަނގަޅުވުމުންނެވެ.
ދަރްމެންދްރާ އެންމެ ފަހުން ފެނިފައިވަނީ 2024 ވަނަ އަހަރު ނެރުނު ފިލްމު ”ތެރި ބާތޯނ މެއިނ އޭސާ އުލްޖާ ޖިޔާ“ އިންނެވެ. މީގެ އިތުރުން މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ހަނގުރަމަތީ ފިލްމު ”އިއްކީސް“ގެ ރޯލެއް ދަރޭއަށް ދީފައިވެއެވެ.
1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކާ ހަމައަށް ނުކުތް ’އާނކޭން’، ’ޝިކާރު’، ’އަޔާ ސާވަން ޖޫމް ކޭ’، ’ޖީވާން މިރްތިއު’، ’މެރާ ގާއޮން މެރާ ދޭޝް’، ’ސީތާ އޯރް ގީތާ‘ އަދި އެތައް ހިޓް ފިލްމުތަކެއްގައި އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




