މުނިއަވަސް އޮންލައިންގައި ސިޔާސީ ޚަބަރާއި ސިޔާސީ ކަންކަން ނުގެންނަން ނިންމާފައިވާ ސިޔާސަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް، ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަން ނިންމައިފިއެވެ. މިއީ ކެމްޕޭން މޫސުމާ ދިމާކޮށް މީގެ ކުރީ އަހަރުތަކުގައިވެސް ބައެއް ފަރާތްތަކުން މިފަދަ ފުރުޞަތަށް އެދެމުންގޮސްފައިވާތީ މި ފަހަރު ގެނައި ބަދަލެކެވެ.

މުނިއަވަސްގައި ކެމްޕޭން ބެނާ، ޕޯސްޓަރު އަދި އެޑްވަޓޯރިއަލް އާޓިކަލްތައް، ވިޔަފާރި އުސޫލުން ގެނެސްދޭން ނިންމާފައިވަނީ އެކަމަށް އެދި ހުށައަޅާ ހަމަ ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ފުރުޞަތު ލިބޭނެ ގޮތަށެެވެ.

މުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހަން ބޭނުންވާ ފަރާތްތަކުން މުނިއަވަސްގެ ވައިބަރު ނަންބަރު 7419078 މެސެޖްކުރުމުން އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހުވެގެން ދާނެއެވެ.

އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭނީ އެޓްވަޓޯރިއަލް އާޓިކަލް ޖަހައިދޭ އުޞޫލުތަކުގައިވާ އަގުތަކަށެވެ. ބެނާ އަދި ޕޯސްޓަރ ޖަހައިދޭނީ އެޑް ސްލޮޓްސްއަށް ކަނޑައެޅިފައިވާ އަގުތަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.